13 އެޕްރީލް 2019
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު އަޣުލަބިއްޔަތަކާ އެކު، ވެފައިވާ ވައުދެއް ފުއްދުމަށްޓަކައި މީހަކު 24 ގަޑިއިރުގެ ފެތުމުގެ ހަރަކާތެއް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު އަޣުލަބިއްޔަތަކާ އެކު، ވެފައިވާ ވައުދެއް ފުއްދުމަށްޓަކައި މީހަކު 24 ގަޑިއިރުގެ ފެތުމުގެ ހަރަކާތެއް ފަށައިފި އެވެ.
ފެތުމުގެ މަޝްހޫރު ކޯޗެއް ކަމަށްވާ ފިރާސް އަފީފް ހުއްޓާނުލާ 24 ގަޑިއިރު ފަތަން ފެށީ އެމްޑީޕީއަށް މަޖިލީހުގެ 50 ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ، 24 ގަޑިއިރު ފަތާނެ ކަމަށް ބުނެ އޭނާ ވެފައިވާ ވައުދު ފުއްދުމަށްޓަކަ އެވެ. މިދިޔަ ހޮނިހިރު ދުވަހު މަޖިލިސް އިންތިޚާބުގެ ވޯޓުލުން ފެށުމާ އެކު، ފިރާސް އޭނާގެ ފޭސްބުކްގައި ލިޔެފައިވަނީ އެމްޑީޕީއަށް 50 ގޮނޑި ލިބިއްޖެ ނަމަ، 24 ގަޑިއިރު ފަތާނެ ކަމަށާއި އަދި 45 ގޮނޑި ލިބިއްޖެ ނަމަ، 12 ގަޑިއިރު ފަތާނެ ކަމަށެވެ.
ނަތީޖާ އިއުލާން ކުރިއިރު، 65 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރުމާ އެކު، ވެފައިވާ ވައުދު ފުއްދުމަށްޓަކައި ފިރާސް މާލޭ ޓްރެކް ސަރަހައްްދުގައި 24 ގަޑިއިރަށް ފަތަން ފެށީ އިއްޔެ މެންދުރެވެ. އޭނާގެ ފެތުމަށް 24 ގަޑިއިރު ވާނީ މިއަދު މެންދުރު 2:00 އާ ހަމައަށެވެ.
އެހެން ބައެއް މީހުން ވެސް ވަނީ އިއްޔެ އާއި މިއަދުގެ އެކި ވަގުތުތަކުގައި ފިރާސްއާ އެކު އެ ފެތުމުގައި ބައިވެރިވެފަ އެވެ.
ފިރާސްގެ ފެތުމުގެ ހަރަކާތް ބައްލަވާލެއްވުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ހެނދުނު ޓްރެކް ސަރަހައްދަށް ވަޑައިގަތެވެ. ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައިވަނީ ވަނީ ފިރާސް އާއި އެ ފެތުމުގެ އެހެން ބައިވެރިންނަށް ސާބަސް ވިދާޅުވެފަ އެވެ.
MDP 50 gondi nagaifi nama 24 gadi iru nuhutti fethumah mash’oor fathaa coach Firas Afeef, Ma. Lake Wood, vee vaudhu fuhdhevumuga. Mi fethun nimeygadi akee mendhurufahu 2.00. Firas ashai mi fethumugai baiverive vadaigannava hurihaa beyfulhunnah saabas dhannavan pic.twitter.com/I9rwUFB5yY
— Mohamed Nasheed (@MohamedNasheed) April 13, 2019
ފިރާސްގެ ފެތުމުގެ ހަރަކާތާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓް
އެމްޑީޕީން ހޯދި ބޮޑު އަޣުލަބިއްޔަތާ އެކު އެކަން ވެފައިވަނީ ރާއްޖޭގައި މިހާތަނަށް އެއް ޕާޓީއަކުން މަޖިލިހުގެ އެހާ ގިނަ އަދަދެއްގެ ގޮނޑި ހޯދި ފުރަތަމަ ފަހަރަށެވެ.
މަޖިލިހުގެ ރައީސް: އެމްޑީޕީއަށް ވަރުގަދަ އިމްތިހާނެއް!
މަގާމްތަކަށް ހިޔާލުފާޅުކުރުމަކީ މައްސަލައެއް ނޫން:ހަސަން
ކާމިޔާބު ކެމްޕޭނަކަށް ފަހު ނަޝީދު ޗުއްޓީ އަށް
އެމްޑީޕީގެ ކާމިޔާބީ ފާހަގަ ކުރަން ހާއްސަ ހަފްލާއެއް
ސުޕަ މެޖޯރިޓީއާ އެކު މަޖިލިހުގައި ދެން ވާނީ ކިހިނެއް؟
ހޮވޭ ޕާޓީން ވަކި ނުވެވޭ ގޮތް ހަދަން ޖެހޭ: ނަޝީދު
މަޖިލީހުގައި ޖޭޕީ އަކީ އިދިކޮޅު ޕާޓީ: ނަޝީދު
މަޖިލީސް ރައީސަކަށް އަސްލަމް ވެދާނެ ކަމުގެ އިޝާރާތެއް
ވޯޓުން އެމްޑީޕީ ފަޚުރުވެރިކޮށްލައިފި
ހަވާލުކުރި މަސައްކަތް ރަނުން ރަނަށް ކޮށްދޭނަން: ނަޝީދު