Roadha Mihaaru
ފުލުހުންގެ ޕްރޮފެޝަނަލިޒަމަށް ފަހުރުވެރިވަން: ހަމީދު

އިންތިޚާބުގެ އޮޕަރޭޝަންގައި ފުލުހުން ދެއްކި ޕްރޮފެޝަނަލިޒަމާ މެދު ފަހުރުވެރިވަން: ހަމީދު

08 އެޕްރީލް 2019

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ފުލުހުންގެ ފަރާތުން ފެނުނު ޕްރޮފެޝަނަލިޒަމާ މެދު ފަހުރުވެރިވެވަވޑައިގަންނަވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ފުލުހުންގެ ފަރާތުން ފެނުނު ޕްރޮފެޝަނަލިޒަމާ މެދު ފަހުރުވެރިވެވަވޑައިގަންނަވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އާންމު އިންތިޚާބާ ގުޅިގެން ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ކުރިއަށް ގެންދިޔަ އޮޕަރޭޝަން "ބްލޫ ޓައިޑް" ގައި ފުލުހުން ކުރި މަސައްކަތާއި ފެނުނު ޕްރޮފެޝަނަލިޒަމާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެ އޮޕަރޭޝަންގެ ކޮމާންޑަރާއި ހުރިހާ ފުލުހުންނަށް މަރުހަބާ ދަންނަވާ ކަމަށް ހަމީދުގެ ޓްވީޓްގައިވެ އެވެ.

ހަމީދުގެ ޓްވީޓް

މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ވޯޓު ފޮށި ބެހެއްޓި ހުރިހާ ރަށްތަކާއި ވޯޓު ފޮށި ބެހެއްޓި ބޭރުގެ ހުރިހާ ގައުމުތަކެއްގައި ވެސް ފުލުހުން ހަރަކާތްތެރިވި އެވެ.

މަޖިލިސް އިންތިޚާބުގެ ކަންކަން ނިމިގެން ދިޔައީ އެއްވެސް ހަމަނުޖެހުމެއް އަދި މާ ގިނަ ޝަކުވާތަކެއް ވެސް ކުރިމަތިވުމެއް ނެތި އެވެ.