Roadha Mihaaru
ވަކިކުރި އިތުރު ދެ ފުލުހަކަށް ވަޒީފާ ދެނީ

ފުލުހުންގެ ވަޒީފާއިން ވަކިކުރި އިތުރު ދެ މީހަކަށް ބަދަލާއެކު ވަޒީފާ ދެނީ

09 އެޕްރީލް 2019

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ހިނގި ކަންކަމަށް ފަހު ފުލުހުންގެ ވަޒީފާއިން ވަކިކުރި ދެ ފުލުހަކަށް މާލީ ބަދަލާއެކު ވަޒީފާ ދޭން ދައުލަތުން އެއްބަސްވުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި އިއްޔެ އެގޮތަށް ހުކުމް ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ހިނގި ކަންކަމަށް ފަހު ފުލުހުންގެ ވަޒީފާއިން ވަކިކުރި ދެ ފުލުހަކަށް މާލީ ބަދަލާއެކު ވަޒީފާ ދޭން ދައުލަތުން އެއްބަސްވުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި އިއްޔެ އެގޮތަށް ހުކުމް ކޮށްފި އެވެ.

ޑިސްޕިއުޓް މަރުހަލާގައި ކޯޓުން ހުކުމް ކުރާނީ ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން އެއްބަސްވާ ގޮތެއްގެ މައްޗަށެވެ.

ވަޒީފާ ދޭން ހުކުމް ކުރީ ސްޓޭޝަން އިންސްޕެކްޓާގެ ރޭންކުގައި ހުރި ފާއިޒް މުހައްމަދާއި ކޯޕްރަލެއްގެ ގޮތުގައި މަސައްކަތްކުރި ހަސަން ނަސީރަށެވެ. އެ ދެ މީހުންނަކީ އެންމެ މަތީ ކޯޓުގެ އަމުރަށް ފަހު ހައްޔަރުކޮށް ފުލުހުންގެ ވަޒީފާއިން ވަކިކުރި އަށް މީހުންގެ ތެރެއިން ދެ މީހެކެވެ. އެމީހުން މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް އޭރު ދައުވާ އުފުލި އެވެ. ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅު ވަނީ އެ ދައުވާތައް ވެސް އަނބުރާ ނަގައިފަ އެވެ.

ވަޒީފާ އަނބުރާ ހޯދަން ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓުން ވަނީ މާލީ އަދި ނަފްސާނީ ގެއްލުމުގެ ބަދަލާއެކު ފާއިޒަށް 290،000ރ. ދޭން ފުލުހުންނަށް އަމުރުކޮށްފަ އެވެ. ތިން މަހުގެ ތެރޭގައި ނަސީރަށް ދޭން އަންގާފައިވަނީ 152،124ރ. އެވެ.

އެ ބަދަލަކީ، އެމީހުން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށް ކޯޓުން އަމުރުކުރާ ދުވަހަށްވާ މަހު މުސާރަ އެވެ.

ފުލުހުންގެ ވަޒީފާ އިން ވަކިކުރި މީހުންގެ ތެރެއިން އަހުމަދު އާސިމް އަދި އަބްދުﷲ ރިޔާޒަށް ވެސް ބަދަލާއެކު ވަޒީފާ ދޭން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރުކޮށްފައި ވެ އެވެ. އަދި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި މަސައްކަތް ކުރަނިކޮށް ވަކިކުރި އަހުމަދު ޝާނީޒަށް ވެސް ބަދަލާއެކު ވަޒީފާ ދޭން ހުކުމްކޮށްފައި ވެ އެވެ.