14 އެޕްރީލް 2019
އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަންގެ 19 ވަނަ އަހަރީ ދުވަހާ ދިމާކޮށް އެކުންފުނިން ފަށައިފި އެވެ.
އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަންގެ 19 ވަނަ އަހަރީ ދުވަހާ ދިމާކޮށް އެކުންފުނިން ފަށައިފި އެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ހުއްޓާލަން އަމާޒު ހިފާފައި ވަނީ 2020 ވަނަ އަހަރު އަންނަންވާ އިރަށް ކަމަށެވެ.
އެގޮތުން އެކުންފުނީގެ ކޮންމެ މުވައްޒަފަކަށް، ފެން އަޅާ ރީޔޫސަބަލް ފުޅި މިއަދު ހަދިޔާކޮށްފައިވާ އިރު ބޯޑު ރޫމުގައި ބިއްލޫރި ފުޅި ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަނުން ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ބޭނުން ކުރަން ފެށުމަށްޓަކައި މުވައްޒަފުންނަށް ފުޅި ހަދިޔާ ކުރަނީ--ފޮޓޯ:ނިޝާން އަލީ/މިހާރު
"އަޅުގަނޑުމެންގެ ފްލައިޓުތަކުގައި އިންޓަނޭޝަނަލް ދަތުރުތައް މި ކުރާ ޑާކާއިން މާލެއަށް އަދި ޑާކާއިން ޗެންނާއީއަށް މިކުރާ ދަތުރުތަކުގައި އަޅުގަނޑުމެން ދެން ބޭނުން ކުރާނީ ވުޑަން ކަޓްލަރީތައް. މީގެ ކުރިން ބޭނުން ކުރަނީ ޕްލާސްޓިކް ކަޓްލަރީ،" އޭނާ ވިދާޅުވި އެވެ.
މިއީ އަދި ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި މޯލްޑިވިއަންގެ ހުރިހާ ދަތުރުތަކެއްގައި ވެސް މިފަދަ ޕްލާސްޓިކް އެއްކޮށް ހުއްޓާލެވޭނެ ކަަމަށް ޖެނިފާ ވިދާޅުވި އެވެ.
ސަރުކާރުގެ އެކި އިދާރާތަކުންނާއި އަމިއްލަ ބައެއް ކުންފުނިތަކުން ވެސް އަންނަނީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަމުންނެވެ.
ފްލައިދުބާއީއާއެކު، ގަން-ކޫއްޑޫ ދަތުރުތައް އިތުރުކުރަނީ
މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެ
އުންމީދަކީ އަގުހެޔޮ ޓިކެޓް އެންމެނަށްލިބުން: އައިއޭއެސް
ރަންވޭ މަރާމާތުކުރާތީ ދަތުރުތަކަށް ބުރޫއަރައިފި
އިތުރު ބޯޓެއް ގެނެސް މޯލްޑިވިއަންގެ ފްލީޓް 23 އަށް
މޯލްޑިވިއަންގެ ސީޕްލޭނެއް ވެއްޓިއްޖެ
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި
ކޫއްޑޫ އެއާޕޯޓު މަރާމާތު ކުރާނީ އޮޕަރޭޓްކުރާ ފަރާތުން
ކޫއްޑޫ އެއާޕޯޓް މަރާމާތުކޮށް ދަތުރުތައް އަވަހަށް ފަށާނެ