Roadha Mihaaru
އައިޓީ ދަރިވަރުންނަށް ތަމްރީނު ދޭން އެއްބަސްވުމެއް

އައިޓީ ދަރިވަރުންނަށް ތަމްރީނު ދޭން އެއްބަސްވުމެއް

28 އެޕްރީލް 2019

އައިޓީ ކިޔަވާ ދަރިވަރުންނަށް އިލްމީ އަދި ފަންނީ އެހީތެރިކަމާއި ހުނަރު ދަސްކޮށްދިނުމަށް ވިލާ ކޮލެޖާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީ (މޮސް) އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އައިޓީ ކިޔަވާ ދަރިވަރުންނަށް އިލްމީ އަދި ފަންނީ އެހީތެރިކަމާއި ހުނަރު ދަސްކޮށްދިނުމަށް ވިލާ ކޮލެޖާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީ (މޮސް) އާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން އެތަނުގެ ރެކްޓަރު ޑރ. އަހްމަދު އަންވަރު ސޮއިކުރެއްވި އިރު، މޮސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ރައީސް ޔޫސުފް އަބްދުﷲ ޝުނާނެވެ.

މި އެއްބަސްވުމުގެ ދަށުން އައިޓީ ދަރިވަރުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގާނެ އެވެ. އަދި ދަރިވަރުންނަށް ހަވާލުކުރާ އެސައިންމެންޓްތަކާއި ޕްރޮޖެކްޓްތައް އިހްތިޔާރުކުރުމުގައި ވެސް ދެ ތަނުން އެހީތެރިވާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އަދި މުޅިން އަލަށް ތައާރަފްކުރާ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަން އަހުލުވެރިކުރާނެ ކަމަށް ވެސް ބުންޏެވެ.

އައިޓީ އަދި ކޮމްޕިއުޓާ ސައެންސް ކިޔަވާ ދަރިވަރުންނަށް ވިލާ ކޮލެޖާއި މޮސްއާ އެކު ދިރާސާކޮށް، އަދި ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ދޭން ވެސް އެ ދެތަނުން އެއްބަސްވި ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.