Roadha Mihaaru
އާރްކޭ ސްޓޫޑިއޯ މިއުޒިމަކަށް ބަދަލުކޮށްދޭން އެދެފި

ރާޖް ކަޕޫރްގެ އާރްކޭ ސްޓޫޑިއޯ ހުރި ތަނުގައި މިއުޒިމެއް ހަދަން އެދެފި

08 މެއި 2019

ހިންދީ ސިނަމާގެ އެންމެ ތާރީހީ އެއް ސްޓޫޑިއޯ ކަމަށްވާ ރާޖް ކަޕޫރްގެ އާރްކޭ ސްޓޫޑިއޯ ދާދި ފަހުން ގޯޑްރެޖް ޕްރޮޕަޓީޒް އަށް ވިއްކާލުމާ ގުޅިގެން އެތަނުގައި މިއުޒިމެއް ބިނާކޮށްދޭން އިންޑިއަން ފިލްމު އެންޑް ޓެލެވިޝަން ޑިރެކްޓާޒް އެސޯސިއޭއަޝަން (އައިއެފްޓީޑީއޭ) އިން އެދެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާގެ އެންމެ ތާރީހީ އެއް ސްޓޫޑިއޯ ކަމަށްވާ ރާޖް ކަޕޫރްގެ އާރްކޭ ސްޓޫޑިއޯ ދާދި ފަހުން ގޯޑްރެޖް ޕްރޮޕަޓީޒް އަށް ވިއްކާލުމާ ގުޅިގެން އެތަނުގައި މިއުޒިމެއް ބިނާކޮށްދޭން އިންޑިއަން ފިލްމު އެންޑް ޓެލެވިޝަން ޑިރެކްޓާޒް އެސޯސިއޭއަޝަން (އައިއެފްޓީޑީއޭ) އިން އެދެފި އެވެ.

އެ ޖަމިއްޔާ އިން މި ގޮތަށް އެދިފައި ވަނީ މުމްބާއީގެ ޗެމްބޫރުގައި ހުރި 71 އަހަރުވީ އާރްކޭ ސްޓޫޑިއޯ ހުރި ބިމުގައި ރިއަލްއެސްޓޭޓް ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާކަން ގޯޑްރެޖުން އިއުލާންކޮށްފައި ވަނިކޮށެވެ.

އައިއެފްޓީޑީއޭ އިން ބުނީ އާރްކޭ ސްޓޫޑިއޯ ހުރި ބިމުގައި މިއުޒިއަމެއް ހެދުމަކީ ރާޖް ހިންދީ ސިނަމާ އަށް ކޮށް ދިން އަގުހުރި ހިދުމަތުގެ އަގުވަޒަން ކުރުމާ އެކު، ކުރިއަށް އޮތް ޖީލާ ހަމައަށް އެ ވާހަކަތައް ގެންގޮސް ދޭން ކުރެވޭނެ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ އެތަނުގައި މިއުޒިއަމެއް ބިނާކޮށް ދިނުމަކީ ގޯޑްރެޖްގެ ކިބައިން ވަރަށް ބޮޑަށް އެދޭ ކަމަށް ބުންޏެވެ.

"އަދި އަހަރެމެން މި ތިބީ އެ މަސައްކަތަށް ވެދެވެން ހުރި ހުރިހާ އެހީއަކާ އެއްބާރުލުމެއް ދޭން ތައްޔާރަށް،" އައިއެފްޓީޑީއޭ އިން ބުންޏެވެ.

ގާތްގަނޑަކަށް 2.2 އޭކަރު ސަރަހައްދަކަށް ފެތުރިފައިވާ އާރްކޭ ސްޓޫޑިއޯ ހުރި ބިމުގައި ފްލެޓްތަކާއި ޝޮޕިން މޯލްތަކެއް އިމާރާތްކުރަން ނިންމާފައިވާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށަން ނިންމާފައިވާ ކަމަށް ގޯޑްރެޖުން ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަޕޫރް ހާންދާނުން އާރްކޭ ސްޓޫޑިއޯ ވިއްކައިލީ ގާތްގަނޑަކަށް 200 ކްރޯޑް ރުޕީސްއަށެވެ.

"އަހަރެމެން އުފާކުރަން މުމްބާއީގެ އެންމެ ވަރުގަދަ އެއް ސަރަހައްދުގައި ހުރި އާރްކޭ ސްޓޫޑިއޯ ހުރި ބިމުގައި ރިއަލްއެސްޓޭޓް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަން ފުރުސަތު ލިބުނީތީ،" ގޯޑްރެޖްގެ އެކްޒެކެޓިވް ޗެއާމަން ޕިރޯޖްޝާ ގޯޑްރެޖް ވިދާޅުވި އެވެ. "މިއީ އެކަހަލަ ކަމެއް ކަރަން ވަރަށް ރަނގަޅު ސަރަހައްދެއް."

އާރްކޭ ސްޓޫޑިއޯ ވިއްކައިލަން ކަޕޫރް ހާންދާނުން މިދިޔަ އަހަރު ނިންމީ 2017 ގައި އެތަނުގައި އަލިފާން ރޯވެ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަހުން އެކަށީގެންވާ ވަރަށް ސްޓޫޑިއޯ ބަލަހައްޓަން އާއިލާ އަށް ދަތިވުމުންނެވެ.

އެތަނަކީ ރާޖްގެ ފިލްމުގެ އިތުރުން ވެސް އިންޑިއާގައި ހެދި އެތައް ފިލްމަކާއި އެތަކެއް ޓީވީ ޝޯތަކެއް ޝޫޓް ކުރަން ބޭނުންކޮށްފައިވާ، އެތަކެއް ހަނދާންތަކަކާ ގުޅިފައިވާ ތަނެކެވެ.

Raj Kapoor ge RK Studio vikkailan nimmaifi

Raj Kapoor ge RK Studio vikkailan nimmaifi

The most trusted news source in the Maldives

Mihaaru

އާރްކޭ ސްޓޫޑިއޯ ވިއްކައިލީ މިދިޔަ އަހަރު.

"އާރްކޭ" އިން އުފެއްދި މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ބަރުސާތު"، "އާގް"، "އާވާރާ"، "ޝްރީ 420"، "ޖިސް ދޭޝް މޭ ގަންގާ ބެހެތީ ހޭ"، "މޭރާ ނާމް ޖޯކަރް"، "ބޮބީ"، "ސަތިޔަމް ޝިވަމް ސުންދަރަމް" އަދި "ރާމް ތޭރީ ގަންގާ މޭލީ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ. އެ ސްޓޫޑިއޯއިން އެންމެ ފަހުން އުފެއްދީ އައިޝްވާރިޔާ ރާއީ އާއި އަކްޝަޔޭ ކަންނާ ހިމަނައިގެން ރިޝީ 1999 ގައި ޑައިރެކްޓް ކުރި "އާ އަބް ލޯޓް ޗަލޭ" އެވެ.