06 ފެބުރުއަރީ 2020
ޒުވާން އެކްޓަރު ސޫރަޖް ޕަންޗޯލީ ކުޅޭ ފުރަތަމަ ބައޮގްރަފިކަލް ޑްރާމާ "ހަވާ ސިންގް" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.
ޒުވާން އެކްޓަރު ސޫރަޖް ޕަންޗޯލީ ކުޅޭ ފުރަތަމަ ބައޮގްރަފިކަލް ޑްރާމާ "ހަވާ ސިންގް" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.
ވަރަށް އަވަހަށް ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ މި ފިލްމަކީ އިންޑިއާގެ ބޮކްސިން ލެޖެންޑް ހަވާ ސިންގްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ހެވީވައިޓް ބޮކްސިންތެޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ހަވާ އަކީ އެ ކުޅިވަރުން ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދި ޝަހުސިއްޔަތެކެވެ. ހަވާ ވަނީ 2000 ވަނަ އަހަރު މަރުވެފަ އެވެ.
"ހަވާ ސިންގް" ގެ ޑައިރެކްޓަރަކީ ޕްރަކާޝް ނަމްބިއާ އެވެ. މީގެ ޕްރޮޑިއުސަރުންނަކީ ކަމްލޭޝް ސިންގް ކުޝާވާ އާއި ސޭމް އެސް ފެނަންޑޭޒެވެ.
ސޫރަޖަކީ 2015 ގައި ސަލްމާން ޚާން ޕްރޮޑިއުސްކުރި ފިލްމު "ހީރޯ" އިން ބޮލީވުޑަށް ތައާރަފުވި އެކަމަކު މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ އެކްޓަރެކެވެ.
❤️? Won’t let u down sir! https://t.co/TRrxYi4oew
— Sooraj Pancholi (@Sooraj9pancholi) February 4, 2020
އެކްޓަރު އަދިތިޔާ ޕަންޗޯލީ އާއި ބަތަލާ ޒަރީނާ ވައްހާބްގެ ދަރިފުޅު އޭނާ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ސެޓެލައިޓް ޝަންކަރު" އިންނެވެ. "ޓައިމް ޓް ޑާންސް" ގެ ނަމުގައި ކެޓްރީނާ ކެއިފްފެ ކޮއްކޮ އީޒަބެލްއާ އެކު ވެސް މީގެ ތިން އަހަރު ކުރިން ސޫރަޖް ފިލްމެއްގެ މަސައްކަތް ފެށި އެވެ. އެކަމަކު އެ ފިލްމު މިހާރު އޮތީ ވާނުވާގަ އެވެ.
ޕްރޮޑިއުސަރު/ޑައިރެކްޓަރު މަހޭޝް ބަޓް ޕްރޮޑިއުސްކުރާ ފުރަތަމަ ވެބް ސީރީޒްގެ ކާސްޓުން އިއުލާންކޮށްފި އެވެ.
The magic of a new beginning! Our first web show, a dramatic love story goes on floors. Take a look at our wonderful cast @Amala_ams @TahirRajBhasin @_Amrita_Puri & Dir @PushpdeepBhardw @jiostudios @VisheshFilms pic.twitter.com/R4700jNEC5
— Mahesh Bhatt (@MaheshNBhatt) February 4, 2020
ނަން އަދި އިއުލާންނުކުރާ މި ސީރީޒްގެ ކާސްޓާއި ޑައިރެކްޓަރާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާކުރަމުން މަހޭޝް ބުނީ ވަރަށް ޑްރަމެޓިކް ލޯބީގެ ވާހަކައެއް ކިޔައިދޭ ސީރީޒްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މީގެ ކާސްޓުންނަކީ "މަރުދާނީ" އާއި "ޗިޗޯރޭ" ފަދަ ފިލްމުތަކުން ފެނިފައިވާ ތާހިރު ރާޖް ބާސިނާއި "ކައި ޕޯ" ފަދަ ފިލްމުތަކުން ފެނުނު އަމްރިތާ ޕޫރީގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ އަމާލާ ޕޯލް އެވެ.
މަހޭޝް ވެބް ސީރީޒަކީ 70 ގެ އަހަރުތަކުގައި އުޅުނު ފިލްމީ ބަތަލާއެއްގެ ހަޔާތުގެ ދުވަސްތަކެއް ދައްކުވައިދޭނެ އެއްޗެކެވެ.
މީގެ ޑައިރެކްޓަރަކީ މަހޭޝް ޕްރޮޑިއުސްކޮށް 2018 ގައި ގެނެސްދިން ފިލްމު "ޖަލޭބީ" ގެ ޑައިރެކްޓަރު ޕުޝްޕްދީޕް ބަރަދުޗާޖެވެ.
މަހޭޝްގެ އާއިލީ ފިލްމު ކުންފުނި ވިޝޭޝް ފިލްމްސް އާއި ޖިއޯ ސްޓޫޑިއޯސް ގުޅިގެން ހަދާ ސީރީޒް ގެނެސްދޭނެ ޕްލެޓްފޯމެއް އަދި އިއުލާނެއް ނުކުރެ އެވެ.
ރަންބީރު ކަޕޫރާއި ކަރީނާ ކަޕޫރްގެ ދެބޭންގެ ދެދަރި ކޮއްކޮ އަދި އެކްޓަރު އަރްމާން ޖެއިން ކައިވެނިކޮށްފި އެވެ.
އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ އަނީސާ މަންގާއީއާ ކައިވެނިކުރީ ހޯމަ ދުވަހުގެ ރޭ ބޭއްވި ވަރަށް ކުލަގަދަ ހަފުލާއެއްގަ އެވެެ. އެ ހަފުލާގައި ބޮލީވުޑްގެ ނުފޫޒު ގަދަ ތަރިންނާއި އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިން ވެސް ބައިވެރިވި އެވެ.
އަރްމާނަކީ ރިޝީ ކަޕޫރްގެ ދައްތަ ރީމާ ކަޕޫރްގެ ދަރިއެކެވެ. އުމުރުން 29 އަހަރުގެ އަރްމާން ވަނީ 2014 ގައި "ލޭކަރް ހަމް ދީވާނާ ދިލް" ކިޔާ ފިލްމެއް ވެސް ކުޅެފަ އެވެ. އޭނާގެ ކޮއްކޮ އާދާރު ޖެއިން އަކީ ބަތަލާ ތާރާ ސުތާރިއާގެ ލޯބިވެރިޔާ އެވެ.
ނިއު ދިއްލީގައި އުޅެނިކޮށް ކުއްލިއަކަށް ހާލު ސީރިއަސްވެގެން މިދިޔަ އާދީއްތަ ދުވަހު އެޑްމިޓްކޮށްގެން ފަރުވާ ދިން ރިޝީ ހޮސްޕިޓަލުން ދޫކޮށްލުމާ އެކު އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެ ޓްވީޓްތަކެއްކޮށްފި އެވެ.
Dear family,friends,foes and followers. I have been overwhelmed by all your concern about my health.Thank you. I have been filming in Delhi past 18 days and because of the Pollution and my low count of neutrophils, I caught an infection whereby I had to be hospitalized. (1).....
— Rishi Kapoor (@chintskap) February 4, 2020
އޭނާގެ ޓްވީޓްތަކުގައި ބުނީ ބަލިވީ ދިއްލީގައި ފިލްމެއްގެ ޝޫޓިންގައި އުޅޭތާ 18 ވަރަކަށް ދުވަސް ފަހުން ކަމަށާއި ބަލިވީ އެ ސިޓީގެ ވައި ނުސާފުވެގެން ކުރިމަތިވި ކަންތައްތަކަކާ ގުޅިގެން ކަމަށެވެ. އެގޮތުން ހުން އައިސް އިންފެކްޝަނެއް އުފެދި، ޑޮކްޓަރުން ކުރިން ލަފާކުރީ ނިއުމޯނިއާގެ އަސަރުހުރީ ކަމަށް ބުންޏެވެ. ނަމަވެސް އެފަދަ ކަމެއް ނެތް ކަމަށް ރިޝީ ބުންޏެވެ. އަދި އެޑްމިޓްކުރި ވާހަކައާ އެކު ކަންބޮޑުވުން ފާޅުކޮށް، ހެޔޮދުއާކޮށް ދިން އެންމެންނަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.
ފަރުވާ އަށް ފަހު އެނބުރި އަންގާރަ ދުވަހު ހޯމަ ދުވަހު މުމްބާއީ ވެސް ގޮސްފައިވާ ރިޝީ އަކީ ދާދި ފަހުން އެމެރިކާގައި ކެންސަރަށް އަހަރެއްހާ ދުވަހަށް ފަރުވާ ހޯދާފައިވާ މީހެކެވެ.
ތާރާ އާއި އާދާރްގެ ކައިވެނީގެ ވާހަކަ ދޮގުކޮށްފި
ރާޖް ކަޕޫރްގެ ބައޮގްރަފީއެއް ޑިސެމްބަރުގައި ނެރެނީ
ރަންބީރްގެ ދައްތަ ފިލްމެއް ނުކުޅޭނެ
އަރްމާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު
އާއިލާގައި މަރުތައް ގިނަވެ ރަންދީރު ހިތް ހަލާކުވެފައި
އާދާރްގެ ދެވަނަ ފިލްމު ތިން އަހަރު ފަހުން
ރިޝީގެ ހަނދާންތަކެއް ނުފިލާނެ: ރަންދީރް ކަޕޫރް
ރިޝީގެ މަރު: ބޮލީވުޑަށް ހިތާމައިގެ މައްޗަށް ހިތާމަ
އާރްކޭ ސްޓޫޑިއޯ މިއުޒިމަކަށް ބަދަލުކޮށްދޭން އެދެފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް