Roadha Mihaaru
ޔާމީންގެ މައްސަލައެއްގައި ޕީޖީން ސުޕްރީމް ކޯޓަށް

ޔާމީނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފްކޮށްފި

13 މެއި 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކޮށްފި އެވެ.

ޔާމީންގެ ބޭންކް އެކައުންޓްތައް ކޯޓު އަމުރެއްގެ ދަށުން ފްރީޒް ކުރުމުގެ އިތުރުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދު ކުރަން ވެސް ކްރިމިނަލް ކޯޓުން ކުރިން އަމުރުކުރި އެވެ. އެކަމަކު، ހައި ކޯޓުން ފަހުން ވަނީ އެކައުންޓް ފްރީޒްކުރި އަމުރާއި އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ވެސް ބާތިލްކޮށްފަ އެވެ.

ޔާމީނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅީ އޭގެ ތެރެއިން ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.

އެ މައްސަލައިގެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ސުޕްރީމް ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

ޔާމީނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި މައްސަލައެއް އިސްތިއުނާފް ކުރިއިރު، އެމަނިކުފާނުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.