Roadha Mihaaru
ބ.އަތޮޅުގެ 'ސަމާ ފެސްޓިވަލް' މިއަހަރު ވެސް ބާއްވަނީ

ބ. އަތޮޅުގެ ރިސޯޓުތަކުގެ 'ސަމާ ފެސްޓިވަލް' މި އަހަރު ވެސް ބާއްވަނީ

13 މެއި 2019

ބ. އަތޮޅުގެ ހުރިހާ ރިސޯޓެއް ގުޅިގެން ބާއްވާ ކެއުމުގެ ހާއްސަ ހަރަކާތް މި އަހަރު ވެސް ބާއްވަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބ. އަތޮޅުގެ ހުރިހާ ރިސޯޓެއް ގުޅިގެން ބާއްވާ ކެއުމުގެ ހާއްސަ ހަރަކާތް މި އަހަރު ވެސް ބާއްވަން ނިންމައިފި އެވެ.

އެ އަތޮޅުގެ 12 ރިސޯޓު ބައިވެރިވެގެން 'ސަމާ ފެސްޓިވަލް' ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ ޖުލައި 8-21 އަށެވެ.

މި ހަރަކާތުގައި ބައިވެރިވާ ރިސޯޓުތަކުގެ ތެރޭގައި އަމިއްލަފުށި، އަނަންތާރާ ކިހާވައް، ކޮކޯޕާމްދުނިކޮޅު، ޑްރީމް ލޭންޑް، ދުސިތް ތައި އެންޑް ފިނޮޅު، ފޯ ސީޒަން ލަނޑާ، ރީތި ބީޗު، ރޯޔަލް އައިލެންޑު، ސޮނޭވާފުށި، ވެސްޓިން މޯލްޑިވްސް އަދި ވައްކަރު މޯލްޑިވްސް އެވެ.

ސަމާ ފެސްޓިވަލްގައި ކޮންމެ ރިސޯޓަކުން ވެސް ރޭގަނޑުގެ ހާއްސަ ކެއުމަށް ބާއްވާނެ އެވެ. މި ކެއުމާ އެކު ހާއްސަ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ އެވެ.

މިއީ މި ފެސްޓިވަލް ބާއްވާ ދެވަނަ އަހަރެވެ. މި ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓުތަކުގެ ތަފާތު ކެއުންތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މުޅިއެކު، 14 ދުވަހަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ކެއުންތަކުގެ އިތުރުން ކޮންމެ ރިސޯޓަކުން ވެސް ހާއްސަ ކަންތައްތަކެއް ތަޖުރިބާ ކުރަން ލިބޭނެ އެވެ.