Roadha Mihaaru
ބީއެމްއެލުން އީދާ ގުޅުވައިގެން ފޮޓޯ މުބާރާތެއް

ބީއެމްއެލުން އީދާ ގުޅުވައިގެން ފޮޓޯ މުބާރާތެއް ބާއްވަނީ

25 މެއި 2019

ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފޮޓޯ މުބާރާތެއް އިއުލާން ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފޮޓޯ މުބާރާތެއް އިއުލާން ކޮށްފި އެވެ.

"އީދު ކިހިނެއް؟" ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ ޖޫން 4-6 އަށެވެ. ކަލަންޑަރުގައި އީދު ކަމަށް މިހާރު ކަނޑައަޅާފައި ވަނީ ޖޫން 4 އެވެ.

މި މުބާރާތުގައި ބައިވެރިިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވައި އެއިން ކޮންމެ މީހަކަށް 5،000ރ ގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބޭނެ އެވެ.

މިފަހަރުގެ ކުޑަ އީދާ ދިމާކޮށް ބީއެމްއެލުން ކުރިއަށް ގެންދާ މުބާރާތާ ބެހޭ ޕޯސްޓަރެއް

މިފަހަރުގެ ކުޑަ އީދާ ދިމާކޮށް ބީއެމްއެލުން ކުރިއަށް ގެންދާ މުބާރާތާ ބެހޭ ޕޯސްޓަރެއް

މުބާރާތުގައި ބައިވެރިވާން ކުރަން ޖެހޭ ކަމަކީ އީދުގެ އުފާވެރިކަން ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި #އީދުކިހިނެއް ޖެހުމަށް ފަހު ޝެއާކުރުމެވެ.

މި މުބާރާތުގެ ނަސީބުވެރިން އިއުލާން ކުރަން ހަމަޖައްސާފައި ވަނީ ޖޫން 9 ގަ އެވެ.