Roadha Mihaaru
ބީއެމްއެލް ފޮޓޯ މުބާރާތުގެ ނަސީބުވެރިން ހޮވައިފި

ބީއެމްއެލް ފޮޓޯ މުބާރާތުގެ ނަސީބުވެރިން ހޮވައިފި

09 ޖޫން 2019

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފިތުރު އީދާ ދިމާކޮށް ކުރިއަށް ގެންދިޔަ "އީދު ކިހިނެއް" ފޮޓޯ މުބާރާތުގެ ނަސީބުވެރިން އިއުލާންކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފިތުރު އީދާ ދިމާކޮށް ކުރިއަށް ގެންދިޔަ "އީދު ކިހިނެއް" ފޮޓޯ މުބާރާތުގެ ނަސީބުވެރިން އިއުލާންކޮށްފި އެވެ.

މި މަހުގެ 4-6 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި އީދުގެ އުފާވެރިކަން ދައްކުވައިދޭ ފޮޓޯތައް އިންސްޓާގްރާމް އަދި ޓްވިޓާ މެދުވެރިކޮށް ޝެއާކުރި 800 އަށް ވުރެ ގިނަ ބައިވެރިންގެ މެދުގައި މިއަދު ވަނީ ގުރުއަތު ނަގައިފަ އެވެ.

ބީއެމްއެލް "އީދު ކިހިނެއް" ފޮޓޯ މުބާރާތުގައި ބައިވެރިއަކު ހުށަހަޅާފައިވާ ފޮޓޯއެއް

ބީއެމްއެލް "އީދު ކިހިނެއް" ފޮޓޯ މުބާރާތުގައި ބައިވެރިއަކު ހުށަހަޅާފައިވާ ފޮޓޯއެއް

ޓްވިޓާގައި ފޮޓޯ ޝެއާކޮށްގެން ގުރުއަތުން ހޮވުނީ @marraajameel އާއި @dhiwanderingirl އަދި @ShixnaH އެކައުންޓުގެ ވެރިންނެވެ.

އިންސްޓަގްރާމުގައި ފޮޓޯ ޝެއާކޮށްގެން ގުރުއަތުން ހޮވުނީ @awwamphotos އާއި @shaxlon އަދި @xidhoo0 މި އެކައުންޓުތަކުގެ ވެރިފަރާތްތަކެވެ.

ގުރުއަތުން ހޮވުނު ނަސީބުވެރިންގެ ތެރެއިން ކޮންމެ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެ އެވެ.