Roadha Mihaaru
9 ރަށެއްގައިި ފެންބޮޑުވެ، ގެއްލުން ވެއްޖެ

9 ރަށެއްގައިި ފެންބޮޑުވެ، މާމެންދޫއިން ކަރަންޓް ކެނޑިއްޖެ

30 މެއި 2019

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ނުވަ ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މިރޭ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ނުވަ ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން މިރޭ ބުނެފި އެވެ.

ފެންބޮޑުވެފައިވާ ރަށްތަކަކީ ލ. އަތޮޅުން ކުނަހަންދު އާއި ގަމާއި ފޮނަދު އާއި މާމެންދު އާއި މާވަށުގެ އިތުރުން ހިތަދޫ އެވެ. އަދި ގއ. ވިލިގިއްޔާއި އެ އަތޮޅު ދާންދޫގެ އިތުރުން ގދ. ތިނަދޫގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.

ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އެ ރަށްތަކުގެ ބައެއް ގެތަކުގައި ދިރިއުޅެން ދަތިވާވަރަށް ފެން ވަދެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ރަށްރަށުގެ ތަފްސީލުތައް ހޯދައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށްރަށު ކައުންސިލްތަކާ ގުޅިގެން މިރެއިން މިރެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" ހިސާން ވިދާޅުވި އެވެ.

މާމެންދޫ އިންޖީނު ގޭގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.

މާމެންދޫ އިންޖީނު ގޭގައި ފެންބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.

ލ. މާމެންދޫގައި ފެންބޮޑުވެ އިންޖީނުގެ އަށް ވަނީ ފެންވަދެފަ އެވެ. އެހެންވެ އެ ރަށުން ވަނީ ކަރަންޓް ކަނޑާލައިފަ އެވެ. ފެންބޮޑުވި ރަށްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރަށްތަކުގައި ފެން ހިންދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިރޭގެ 12 އާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

މިހާރު ކުރަމުން މިދާ ހުޅަނގު ވިއްސާރާގައި މިފަހުން ވަނީ ތ. އަތޮޅާއި ލ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެ ގެތަކަށް ފެންވަދެފަ އެވެ.