Roadha Mihaaru
މަގުތައް އަމާން ތަނަކަށް ހަދަން ގޮވާލައްވައިފި

މަގުތައް އަމާން ތަނަކަށް ހަދަން ނައިބު ރައީސް ގޮވާލައްވައިފި

03 ޖޫން 2019

ރާއްޖޭގެ މަގުތަކަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގެ މަގުތަކަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.

މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރި ކުރުމުގެ ކެމްޕޭން އިފްތިތާހު ކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ އެންމެންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ އެކްސިޑެންޓުތައް ހިންގަމުންދާތީ ކަންބޮޑުވުންފާޅުކުރައްވަމުން ވިދާޅުވީ އެކަން ހުއްޓުވުމަށް މިއަދު ފެށީ މުހިއްމު ކެމްޕޭނެއް ކަމަށެވެ.

މަގުމަތީ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރަން ބޭއްވި ކެމްޕެއިނުގައި ކުޑަކުއްޖަކު ބައިވެރިވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

މަގުމަތީ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރަން ބޭއްވި ކެމްޕެއިނުގައި ކުޑަކުއްޖަކު ބައިވެރިވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޔޫތު މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދާ ކްމްޕޭން ފެށީ މާލޭގެ އެއް ނަންބަރު ޖެޓީ ސަރަހައްދުގަ އެވެ.

މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން، ކަފިހި ހުރަސް ބޭނުންކުރާ މީހުންނަށް ޖާގަ ދިނުމާއި ދުވާރުގައި ހިނގުމުގެ މުހިއްމު ކަމަށް ނައިބު ރައީސް ވާހަކަފުޅު ދެއްކެވި އެވެ.

މަގުމަތީ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރަން ބޭއްވި ކެމްޕެއިނުގައި ކަސްޓަމްސްގެ ބައެއް މުވައްޒަފުން ބައިވެރިވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

މަގުމަތީ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރަން ބޭއްވި ކެމްޕެއިނުގައި ކަސްޓަމްސްގެ ބައެއް މުވައްޒަފުން ބައިވެރިވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

ސޯޝަލްމީޑިއާ މެދުވެރިކޮށް އާންމުން ހޭލުންތެރިކުރަން ކުރިއަށް ގެންދާ މި ކެމްޕޭންގައި ފުލުހުން ވެސް ބައިވެރި ވެ އެވެ. މި ކެމްޕޭން ހަރަކާތްތައް މާލޭގެ ނުވަ ސަރަހައްދަކާއި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި މިއަދު ހަވީރު ކުރިއަށް ދިޔަ އެވެ. މި ކެމްޕެއިނުގައި ކޮންމެ މަހަކު ވެސް ހަރަކާތްތަކެއް ބާއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފަ އެވެ.