އިމާރާތް ކުރުމުގެ މަސައްކަތަށް އަންނަ ބޮޑެތި ބަދަލުތަކާއި އަޖައިބުކުރުވަނިވި ފަރުމާތަކާ އެކު، 360 ޑިގްރީ ސްވިމިން ޕޫލެއް އެކުލެވޭ 55 ބުރީގެ އިމާރާތެއް ލަންޑަނުގެ މަލަމަތިން ވަރަށް އަވަހަށް ފެނިދާނެ އެވެ.
12 ޖޫން 2019
އިމާރާތް ކުރުމުގެ މަސައްކަތަށް އަންނަ ބޮޑެތި ބަދަލުތަކާއި އަޖައިބުކުރުވަނިވި ފަރުމާތަކާ އެކު، 360 ޑިގްރީ ސްވިމިން ޕޫލެއް އެކުލެވޭ 55 ބުރީގެ އިމާރާތެއް ލަންޑަނުގެ މަލަމަތިން ވަރަށް އަވަހަށް ފެނިދާނެ އެވެ.
"އިންފިނިޓީ ލަންޑަން" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ އެންމެ ހާއްސަ ކަމަކީ ދުނިޔޭގެ ފުރަތަމަ 360 ޑިގްރީ ސްވިމިން ޕޫލް، އިމާރާތުގެ އެންމެ މަތީގައި އޮތުމެވެ. މި އިމާރާތް ފަރުމާކޮށްފައި ވަނީ އިމާރާތުގެ ތިރީގައި ތިބޭ މީހުންނަށް ޕޫލްގެ އަޑިންނާއި ހަތަރު ފަރާތުން، ޕޫލަށް އެރި ތިބޭ މީހުން ފެންނަ ގޮތަށެވެ. އަދި އިމާރާތުގެ ތިރީގެ ފްލޯތައް ބޭނުން ކުރާނީ ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގަ އެވެ.
ކޮމްޕަސް ޕޫލް އިން ފަރުމާކޮށްފައިވާ "އިންފިނިޓީ ލަންޑަން" އާ ބެހޭ ގޮތުން އެ ކުންފުނީގެ ޑިޒައިނަރު އަދި ޓެކްނިކަލް ޑިރެކްޓަރު އެލެކްސް ކެމްސްލީ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓްގެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ 360 ޑިގްރީ ޕޫލަށް އެރޭނެ ގޮތެކެވެ.
"އެއީ އަހަރެމެން އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަމަކީ. ޕޫލް މި އޮންނަނީ އިމާރާތުގެ އެންމެ ތިރީގައި ތިބޭ އިރުމަތީގައި އޮންނަ ޕޫލްގެ އަޑި ފެނޭ ގޮތަށް. ދެން ސުވާލަކީ މި ޕޫލަށް އެރޭނެ އިންތިޒާމު އޮންނާނީ ކިހިނެއްހޭ؟" އޭނާ ވިދާޅުވި އެވެ.
އެލެކްސް ވިދާޅުވި ގޮތުގައި އެކަމަށް ހައްލު ހޯދާނީ އިމާރާތުގެ ވަށައިގެން ލެވިފައިވާ "ސަބްމެރިން ކަޕްލްޑް ރޮޓޭޓިން ސްޓެއާ ކޭސް" އިންނެވެ.
"މި ޕޫލްގެ ހާއްސަ އަނެއް ކަމަކަށް ވާނީ މީގެ މުހިއްމު ފީޗާތައް އޮޕަރޭޓްކުރާނީ ކޮމްޕިއުޓަރުގެ އެހީގައި ކަމަށްވުން،" އޭނާ ވިދާޅުވި އެވެ. "އޭގެ މާނައަކީ ޕޫލްގެ ފެންގަނޑުގެ ފިނިހޫނު މިނާއި އިމާރާތުން ބޭރަށް ޕޫލްގެ ފެން ނުފައިބާނެ ގޮތްތަކެއް ހުންނާނެ. އަދި މީގައި ބޭނުން ކުރާ ފެނަކީ އިމާރާތުގެ އޭސީ ސިސްޓަމުން ބޭރު ކުރާ ވޭސްޓްތަކުން ހޫނު ކުރެވޭ ގޮތަށް ހުންނަ ފެނަށް ވާނެ. މިއީ ހަލައްކަ ލީޓަރުގެ ފެން އެކުލެވޭނެ ޕޫލެއް."
ބެލެވޭ ގޮތުން "އިންފިނިޓީ ލަންޑަން" ގެ މަސައްކަތް އަންނަ އަހަރު ފަށާނެ އެވެ.
ލަންޑަނުގައި ދެ އިމާރާތެއް ޕޫލަކުން ގުޅުވާލައިފި
ދެވަނަ އަށް އެންމެ އުސް އިމާރާތް ރަޝިއާގައި ހަދަނީ
އިނގިރޭސި ފުލުހުންނަށް އިތުރު ބާރު ދެނީ
ސޯނަމް އިނގިރޭސިވިލާތުގެ ރަށްވެހިކަން ހޯދަނީ
ޕްރިންސް ހެރީ ބަޔޮގްރަފީ ލިޔުއްވަނީ
ޔޫރޯ 2020 އިން ތިން ރެކޯޑެއް
އެންމެ ފުން ޕޫލް ދުބާއީގައި؛ 196 ފޫޓު
އެންމެ ބޮޑު އަދި ފުން ޕޫލް ޔޫކޭގައި ހަދަނީ
ގައުމުން ބޭރުގައި ގެތައް ހުންނަ ބޮލީވުޑްގެ ތަރިން
ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ވިިލިއަމް