ގެންގުޅެވޭ ނުރަނގަޅު އާދަތަކުގެ ސަބަބުން ވެސް ހަންގަނޑުގެ ރީތިކަން ގެއްލެން މެދުވެރިވެ އެވެ. ބައެއްފަހަރު މިހެން ވަނީ އެނގި އެނގި ހުރެ ވެސް ފަރުވާކުޑަ ކޮށްލެވުމުންނެވެ.
12 ޖޫން 2019
ގެންގުޅެވޭ ނުރަނގަޅު އާދަތަކުގެ ސަބަބުން ވެސް ހަންގަނޑުގެ ރީތިކަން ގެއްލެން މެދުވެރިވެ އެވެ. ބައެއްފަހަރު މިހެން ވަނީ އެނގި އެނގި ހުރެ ވެސް ފަރުވާކުޑަ ކޮށްލެވުމުންނެވެ.
ބައެއް ފަހަރު މާ މޮޅުކޮށްލަން ހަދައިގެން ނުވަތަ ފަރުވާ ކުޑަވެގެން ވެސް ގައިގެ ހަންގަނޑު ހަލާކުވެ އެވެ. މިއީ އޭގެ ތެރެއިން ބައެއް ކަންކަމުގެ ވާހަކަ އެވެ.
ރޭގަނޑު ބޭރުގައި އުޅެފައި ވަރުބަލިވެގެން އައިސް އެ ހުރި ގޮތަށް އެނދަށް ވެއްޓިގަންނަ މީހުން މަދެއް ނުވާނެ އެވެ. މޫނުގައި ހުންނަ މޭކަޕްތަކާ އެކު ނިދުމުން، ހަމުގައި ހުންނަ ލޯވަޅުތައް ބެދި ބޮޑުވެ އެވެ. ރަނގަޅު ގޮތަކީ ނިދުމުގެ ކުރިން މޫނު ސާފު ކުރުމެވެ. ފަސޭހަކޮށްލަން، ނިދާ އެނދުގެ ހެޑްބޯޑު މަތީ ނުވަތަ އަތްފޯރާ ހިސާބުގައި ސައިޑް ޓޭބަލް މަތީ މޭކަޕް ވައިޕްކޮޅެއް އަބަދުވެސް ބަހައްޓާށެވެ. އެއްވެސް ވަރަކަށް ސާފުނުކޮށް ނިދުމަށް ވުރެ ކޮންމެވެސް ވަރެއް ކޮށްލެވުނަސް ރަނގަޅުވާނެ އެވެ.
މޭކަޕް ކުރިޔަސް ނުކުރިއަސް މޫނު ސާފުކޮށް ބަހައްޓަން ސަމާލުކަން ދޭން ޖެހެ އެވެ. މާ ތެޔޮ ހަންގަނޑެއް ނަމަ ދޮވެ ދޮވެ ތެޔޮތައް އެކީ ނައްތައިލަން އުޅޭ ކުދިން ވެސް ފެނެ އެވެ. އެކަމަކު އޭރުން ހައްތަހާ ހަންގަނޑު ވާނީ ގޯހެވެ. އިތުރަށް ތެޔޮވިޔަ ނުދިނުމަށްޓަކައި މިފަދަ މީހުން ބޮޑަށް ތެޔޮވާ ކަހަލަ އާދަތަކާއި ދުރުވެލުން ރަނގަޅު ވާނެ އެވެ.
މޭކަޕް ކުރާ މީހެއް ނަމަ ދެ ފަހަރު މަތިން މޫނު ދޮވެލާށެވެ. އަދި މޫނު ދޮންނަ އިރު ބޭނުންކުރާ ބާވަތްތަކަކީ ވެސް އެމީހެއްގެ ހަންގަނޑާ ގުޅޭ ގޮތުން ހޯދާފައިވާ ތަކެއްޗަށް ވާންޖެހެ އެވެ.
ހަންގަނޑުގައި މަރުވެފައި ނުވަތަ ހިކިފައި ހުންނަ ހަންތައް ނައްތައިލުމަށްޓަކައި ހަފުތާ އަކު އެއްފަހަރު ނުވަތަ ދެފަހަރު އެކްސްފޮލިއޭޓް ކުރުން މުހިންމެވެ. އެކަމުގެ ސަބަބުން ހަންގަނޑުގެ ފަރުވާ އަށް ހަމުގައި އުނގުޅާ އެއްޗެހީގެ އަސަރު ކުރާލެއް ވެސް އަވަސްވާނެ އެވެ.
މޭކަޕް ފިހިތައް ގިނަ ދުވަހު ނުދޮވެ ބެހެއްޓުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެފިހިތަކުގައި ހަރުލާފައި ހުންނަ ބެކްޓީރިއާތަކުގެ ސަބަބުން ހަންގަނޑު ހިރުވައި ބިހި ނަގައި މިފަދަ އެތައް މައްސަލައެއް ދިމާވެ އެވެ. އެހެންވެ ފިހިތައް އަބަދުވެސް ބަހައްޓަން ވާނީ ރަނގަޅަށް ދޮވެ ސާފުކޮށްފަ އެވެ. އެކަމަށް ހާއްސަކޮށް އުފައްދާފައި ހުންނަ ޕްރރޮޑަކްޓައް ވެސް ބާޒާރުން ލިބެން ހުރެ އެވެ. ގޫގަލް ކޮށްލުމުން ފަސޭހަ އިތުރު ގޮތްތައް ވެސް ފެނިގެންދާނެ އެވެ.
ބިހިކޮށްޓުމުން އެލާ ލަކުނު އެއްކިބައިގައި އޮއްވައި އެއީ އިތުރު ބިހިތައް ނެގުމަށް ވެސް ދިމާވާ ކަމެކެވެ. ރަނގަޅު ގޮތަކީ ބިއްސެއް ނަގައިފި ނަމަ އޭގެ ދުޅަ ތިރިކޮށްލަން ކޮންމެވެސް ބޭހެއް ބޭނުންކޮށްގެން އަތް ނުލައި ކެތްކޮށްލުމެވެ.
ހަށިގަނޑު ސާފުކުރާ ފަދައިން ނިދާ ތަންމަތި ވެސް ސާފުކޮށް ބަލަހައްޓަން ޖެހެ އެވެ. ފެންވަރާ ރީތިވެގެން ހުރެ ދަލާއި ހަޑި އަދި ބެކްޓީރިއާ ހަރުލާފައި ހުންނަ ތަންމައްޗެއްގައި ނިދާ ނަމަ ގައިން ތާހިރުވުމުގެ ބޭނުމެއް ނެތެއް ނޫން ހެއްޔެވެ؟ ރަނގަޅު ގޮތަކީ ގިނަދުވަސް ނުކޮށް ތަންމަތި ދޮވުމެވެ. އަދި ބޯ އަޅާ ބާލީހުގައި ސިލްކް އުރައެއް ލައްވައިފި ނަމަ ހަންގަނޑަށް ލިބޭ ފައިދާ އެތައް ގުނައެއް އިތުރުވެ އެވެ. އެއީ ސިލްކުގައި ބެކްޓީރިއާ ހަރުލާލެއް މަދުވެ އެވެ. އަދި އިސްތަށިގަނޑު ގޮށްޖެހޭލެއް ވެސް މަދުވާނެ އެވެ.
ފެނަކީ ހަށިގަނޑަށް އެންމެ ބޭނުން އެއް މާއްދާކަން އެނގޭއިރު ވެސް ފަރުވާ ކުޑަކޮށްލެވޭ ފަހަރު އާދެ އެވެ. ގިނައިން ފެން ބޯ ނަމަ ހަމުގެ ސިއްހަތު ރަނގަޅު ކޮށްދޭނެ އެވެ. ހަންގަނޑު އޮމާންވެ ރީތި ވެސް ވާނެ އެވެ.
ކާއިރު ގިނަ ފަހަރު އަހަރެމެންނަށް އިސްކުރެވެނީ އަނގަ އަށް މީރު އެއްޗިއްސެވެ. އެއިން ހަށިގަނޑާއި ހަމަށް ލިބޭ ގެއްލުމަކަށް ނުބެލެ އެވެ. ތެޔޮ ގިނަ ކާނާ އާއި ހަކުރާއި ގިނަ އަދަދަކަށް ލޮނު ބޭނުން ކުރުމުން ހަންގަނޑުގެ ހާލަތު ގޯސްވެ އެވެ. ހަންގަނޑު ރީތިކުރަން އެދޭނަމަ ގިނައިން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކެއުމުގައި ހިމެނުން ބުއްދިވެރި އެވެ.
ނިންޖަކީ އަހަރުމެންގެ މުޅި ސިއްހަތަށް އޭގެ އަސަރު ފޯރާ އެއް ކަންތަކެވެ. ނިދާފައި އޮންނަ ވަގުތު ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ސެލްތައް މަރާމާތު ކުރެ އެވެ. ހަމުގެ ރީތި ކަމަށް ވެސް ރަނގަޅަށް ނިދި ލިބުން އެއީ ކޮންމެހެން މުހިންމު ކަމެކެވެ.
ބާލީހުގެ އުރަ އާއި ހަމުގެ ސިއްހަތާ ގުޅުން އެބަހުރި
ނޭވާލެވޭ ގޮތަކުން ވެސް ހަންގަނޑު ހިކޭ
ފިނިފެން ފަރުވާއެއްގެ ގޮތުގައި
އަރާމުކޮށް ނިދާލަން ވިކްސް ބާމް ބޭނުންކުރެވިދާނެ
"ލަޝް"ގެ އުފެއްދުންތަކުގައި ބިސް ބޭނުމެއް ނުކުރާނެ
ފަޅޯފަތު ޖޫސް ތަޖުރިބާކޮށްލަމާ!
ކޮފީން ހަންގަނޑު ވެސް ރީތިކޮށްދޭނެ
މޫނުގައި ބިހި ނެގުން ހުއްޓުވަން ވެކްސިނެއް އުފެއްދިދާނެ
އަނބުގެ ފައިދާތައް ގިނަ
ޖަޕާނު މީހުންގެ ހަންގަނޑު ރީތީ ކްރީމްތައް ނުހާކާތީ؟