ދަރިވަރުންނަށް ނާސްތާ ދޭ ޕްރޮގްރާމް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ފެށިއިރު ސްކޫލެއްގައި ދަރިވަރުންތަކަށް ތަޅުންގަނޑުމަތީގައި ބައިތިއްބައިގެން، ގަނޑެއްގެ މަތީގައި ކާއެއްޗެހި އަތުރައިގެން ކާން ދީފި އެވެ. އެކަމާ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ފިޔަވަޅު ވެސް އަޅައިފަ އެވެ.
11 ޖޫން 2019
ދަރިވަރުންނަށް ނާސްތާ ދޭ ޕްރޮގްރާމް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ފެށިއިރު ސްކޫލެއްގައި ދަރިވަރުންތަކަށް ތަޅުންގަނޑުމަތީގައި ބައިތިއްބައިގެން، ގަނޑެއްގެ މަތީގައި ކާއެއްޗެހި އަތުރައިގެން ކާން ދީފި އެވެ. އެކަމާ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ފިޔަވަޅު ވެސް އަޅައިފަ އެވެ.
ދަރިވަރުން މިގޮތަށް ކާންދޭ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެއިން ފެންނަ ގޮތުގައި ކާންތިބެނީ ވަރަށް ތުއްތު ކުދިންތަކެކެވެ. ކުލާހުގެ މުށިގަނޑުމަތީ ހުރިހާ ކުދިން ވެސް އިށީނދެގެން ތިބޭއިރު، ކޮންމެ ކުއްޖެއްގެ ކުރިމަތީގައި ވެސް ގަނޑެއް ބާއްވައިފަ އެވެ. އަދި ކުދިންގެ ސޭންޑްވިޗު އޭގެ މަތީގައި ބާއްވާފައި އޮންނައިރު، ކައިރީގައި ކިރު ޕެކެޓް ބަހައްޓާފައި ހުރެ އެވެ.
ސޯޝަލް މީޑިއާގައި މި ފޮޓޯތައް ދައުރުވާން ފެށުމާއެކު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނާސްތާ ޕްރޮގްރާމާ ހިލާފަށް، ބައެއް ސްކޫލުތަކުގައި މިކަން ކުރިއަށް ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން، ސަރުކާރުން ހިންގާ މި ފަދަ ޕްރޮގްރާމްތަކަށް ބެލެނިވެރިން ކުރާ އިތުބާރު ގެއްލޭނެ ކަމަށް ބުންޏެވެ.
"މަދު މުވައްޒަފުންތަކެއް މި ފަދަ އަމަލެއް ހިންގާފައިވާތީ އެކަން މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިކަން ކޮށްފައިވާ ފަރާތާ މެދު މިހާރު ފިޔަވަޅު އަޅާފައިވާ ވާހަކަ ވެސް ދަންނަވަމެވެ." ސްކޫލުގެ ނަން ނުގެނެސް، އެޑިއުކޭޝަނުން ނެރެފައިވާ ބަޔާނުގައި ބުންޏެވެ.
މިއަދު އާންމުވި ފޮޓޯތައް އެއީ ކޮން ސްކޫލެއް ކަމެއް، އަދި އެޅީ ކޮން ފިޔަވަޅެއް ކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ.
އެތަނުން ބުނިގޮތުގައި މި ފަދަ ޕްރޮގްރާމްތައް ސާފުތާހިރުކަމުގެ މިންގަނޑާ އެއްގޮތަށް ކުރިއަށް ގެންދިޔަށް މިނިސްޓްރީން ބޮޑު ސަމާލު ކަމެއް ދެ އެވެ.
83 ޕަސެންޓް ކުދިން ނާސްތާގައި ބައިވެރިވި
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭނެ ބަޔަކު ހޯދަނީ
ފުރަތަމަ ހަފުތާގައި 8500 ދަރިވަރުންނަށް ނާސްތާ ދިން
މާލޭގައި ނާސްތާ ދޭން ހަވާލުކުރީ ބުރުޒާއި ލަ ސޫކަށް
ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ނާސްތާ ދޭން ފަށާނެ
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް 9،8 ގެ ދަރިވަރުންގެ އޯ ލެވެލް އަންނަ އަހަރު
ކުދިން ބައިވެރިކުރާ ހަރަކާތްތަކަށް ހުއްދަ ހޯދަން ޖެހޭ