މި އަހަރުގެ ކިޔެވުން ނިމުނުއިރު، ހެނދުނު ދަންފަޅީގައި ކިޔެވި 83 ޕަސެންޓް ދަރިވަރުން ނާސްތާ ޕްރޮގްރާމުގައި ބައިވެރިވިކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
23 ޑިސެމްބަރ 2019
މި އަހަރުގެ ކިޔެވުން ނިމުނުއިރު، ހެނދުނު ދަންފަޅީގައި ކިޔެވި 83 ޕަސެންޓް ދަރިވަރުން ނާސްތާ ޕްރޮގްރާމުގައި ބައިވެރިވިކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން، ސަރުކާރުގެ ސްކޫލުތަކުގައި މި އަހަރު އަލަށް ދޭން ފެށި ނާސްތާ ޕްރޮގްރާމުގައި 213 ސްކޫލަކުން 46،259 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.
ހެނދުނުގެ ދަންފަޅީގައި މި އަހަރު 55،808 ދަރިވަރުން ކިޔެވި އެވެ. އެހެންވެ ނާސްތާ ޕްރޮގްރާމުގައި ބައިވެރިނުވަނީ 9،549 ދަރިވަރުންނެވެ.
ދަރިވަރުންނަށް ހެނދުގެ ނާސްތާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުގެ ދަށުން އެންމެ ފުރަތަމަ މި އަހަރުގެ ފުރަތަމަ ޓާމުގައި ނާސްތާ ދިނީ 25 ސްކޫލެއްގަ އެވެ. އެއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ދިނުމުގެ ވައުދު ފުރިހަމަކުރުމަށް ފަހުގަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވެފައިވާ ގޮތުގައި ދަރިވަރުންނަށް ނާސްތާ ދޭން ފެށުމުން ސްކޫލު މާހައުލުގައި ކުދިން ބަލިވާ މިންވަރު މަދުކުރެވި، ކިޔެވުމަށް ދަރިވަރުން ދޭ ސަމާލުކަން ވަނީ އިތުރުކުރެވިފަ އެވެ. އޭގެ އިތުރުން އިޖުތިމާއީ ގުޅުންތައް ވެސް ނާސްތާގެ ސަބަބުން ރަނގަޅުވި ކަމަށާއި ދަރިވަރުންގެ ހާޒިރީ ވެސް ރަނގަޅުވި ކަމަށް، މިދިޔަ އޮގަސްޓް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
"ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ދަރިވަރުން ފިލާވަޅަށް ދޭ ސަމާލުކަން ހަމަ އިތުރުވެގެން ދިޔަކަމަށް ހުރިހަ ޓީޗަރުން ވެސް އެއްބަސްވެލައްވާ. އަދި ހަމަ އޭގެ އިތުރުން އެސެމްބްލީގައި ތިއްބާ އަނބުރައިގަނެގެން ވެއްޓޭ ކުދިންނާއި ހެލްތު ރޫމަށް، ބަނޑުގައި ރިއްސާތީ އަދި ބޮލުގައި ރިއްސާތީ ދާ ކުދިންގެ އަދަދު ހަމަ މަދުވެގެން ދިޔަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ނާސްތާ ޕްރޮގްރާމުގެ ފުރަތަމަ އަހަރަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި އެވެ.
ނާސްތާ ތަޅުންގަނޑުމަތީ، މިނިސްޓްރީ ހިތްހަމަނުޖެހިިފައި!
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭނެ ބަޔަކު ހޯދަނީ
ފުރަތަމަ ހަފުތާގައި 8500 ދަރިވަރުންނަށް ނާސްތާ ދިން
މާލޭގައި ނާސްތާ ދޭން ހަވާލުކުރީ ބުރުޒާއި ލަ ސޫކަށް
ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ނާސްތާ ދޭން ފަށާނެ
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި
"އެކްޓިވިޓީ ކަލަންޑަރު" ހެދުމުގެ ކުރިން ހިޔާލު ހޯދަނީ
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ގްރޭޑް 9،8 ގެ ދަރިވަރުންގެ އޯ ލެވެލް އަންނަ އަހަރު
ކުދިން ބައިވެރިކުރާ ހަރަކާތްތަކަށް ހުއްދަ ހޯދަން ޖެހޭ