ބޮޑު ތިލަދުންމަތީގެ ފާހަގަކުރެވޭ 11 ސަރަހައްދެއް ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.
12 ޖޫން 2019
ބޮޑު ތިލަދުންމަތީގެ ފާހަގަކުރެވޭ 11 ސަރަހައްދެއް ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅު ހިމެނޭ ބޮޑު ތިލަދުންމަތީގެ 11 ސަރަހައްދެއް ހިމާޔަތް ކުރަން ރައީސް ނިންމެވީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުންނެވެ.
ހިމާޔަތްކުރަން ނިންމެވި ސަރަހައްދުތަކަކީ ހއ. ގައްލަންދޫ ތިލަ އާއި ހއ. ކެލާ ޗަސްބިމާއި ހއ. ބިލެތްދޫ ތިލަ އާއި ހދ. ފިނޭ ތިލައިގެ އިތުރުން ހދ. އިންނަފުށްޓާއި ށ. ބޮލިއްސަފަރާއި ނ. ނާލާހުރާ އާއި ނ. ފޮއްދިއްޕަރާއި ނ. ބޮޑުޅައިމެންދޫ އާއި ނ. ކެނދިކުޅުދޫ ކަނޑޫފާ އަދި ނ. އޮރިމަސްތިލަ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ސަރަހައްދުތަކަކީ ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ އަދި ގުދުރަތީ ރީތި މަންޒަރުތައް ހިމެނޭ އަދި ތިމާވެށީގެ ޚާއްސަ ޚިދުމަތްތަކާއި ވަސީލަތްތައް ލިބޭ ތަންތަން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ ސަރަހައްދުތައް ހިމާޔަތް ކުރުމަށްޓަކައި އެ ސަރަހައްދުތަކުގެ ކައުންސިލްތަކާއި ޓޫރިޒަމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާ އެކު ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.
އެ ސަރަހައްދުތަކަކީ ހިމާޔަތް ކުރެވިފައިވާ ތަންތަން ކަމަށް ކަނޑައަޅައި، ގެޒެޓް ކުރުމާ އެކު އެ ސަރަހައްދުތަކުގައި ކުރުން މަނާ ކަންކަމާއި ހުއްދަ ކަންކަން އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގަން ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ގުދުރަތީ މުއްސަނދި 12 ސަރަހައްދެއް ހިމާޔަތްކޮށްފި
ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް
ކޮޕް27 ގައި ތަރައްގީގެ ޕްލޭން ދުނިޔެއާ ހިއްސާކުރާނެ
ސިއްހީ ރައްކާތެރިކަމަށް ތިމާވެށި ހިމަޔާތްކުރަން ޖެހޭ
ސުޕާރީ ޕެކެޓް އަންނަ މަހުން ފެށިގެން މަނާ
ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީއަށް އިންވެސްޓްކުރަން ޖެހޭ
ވިކްޓްރީ ޝިޕްރެކް ސަރަހައްދު ހިމާޔަތް ކުރަން ނިންމައިފި
ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކުރަނީ
އައްޑޫގެ ހަތަރު ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފި
ފުވައްމުލަކު ފަރިކެޑަ ސަރަހައްދު ހިމާޔަތްކުރަނީ