Roadha Mihaaru

ޖާގައަށް ވުރެ ގިނައިން މީހުން އެރުވި އުޅަނދެއްގެ މައުލޫމާތު ހޯދަނީ

ޕަސިންޖަރުން އުފުލޭ ޖާގައަށް ވުރެ ގިނައިން މީހުން އަރުވައިގެން ދަތުރުކުރި ލޯންޗެއްގެ މައުލޫމާތު ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީން އާންމުންގެ އެހީ އަށް އެދެފި އެވެ.

ޖާގައަށް ވުރެ ގިނައިން މީހުން އެރުވި ލޯންޗެއް ހޯދަނީ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

15 ޖޫން 2019

ޕަސިންޖަރުން އުފުލޭ ޖާގައަށް ވުރެ ގިނައިން މީހުން އަރުވައިގެން ދަތުރުކުރި ލޯންޗެއްގެ މައުލޫމާތު ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީން އާންމުންގެ އެހީ އަށް އެދެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ މިއަދު ވަނީ ޖާގައަށް ވުރެ ގިނައިން މީހުން އަރުވައިގެން ދަތުރުކުރި ލޯންޗެއްގެ އެތެރޭގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރުމަށް ފަހު އެ ލޯންޗާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި ލޯންޗްގެ ޖާގައަށް ވުރެ ގިނައިން މީހުން އެރުވުމަށް ފަހު ބައެއް ފަސިންޖަރުން ބައިތިއްބާފައި ތިބީ، އުޅަނދުގެ މެދުން ހިނގަން އޮންނަ މަގުގައި ބަހައްޓާގައި ހުރި އާދައިގެ ގޮނޑިތަކެއްގަ އެވެ. އޭގެ ތެރޭގައި ބޭރު މީހުން ވެސް ތިއްބެވެ. އަދި ބައެއް މީހުން ކޮޅަށް ތިބި ތަން ވެެސް ފެނެ އެވެ.

ކަނޑު އުޅަނދުތަކުގައި ޖާގައަށް ވުރެ ގިނައިން މީހުން އަރުވައިގެން ދުއްވުމަކީ މަނާ ކަމެކެވެ.