Roadha Mihaaru
"ފަނޑިޔާރު ޑީޑީ ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ"

ފަނޑިޔާރު ޑީޑީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ނުބެލޭނެ: ޖޭއެސްސީ

18 ޖޫން 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލާގައި އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުގައި ޖަވާބު ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލާގައި އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުގައި ޖަވާބު ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފި އެވެ.

ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން މިދިޔަ ހަފުތާގައި ނިންމާފައި ވަނިކޮށް އެ ނިންމުން ބާތިލްކުރަން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ސުޕްރީމް ކޯޓުން އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ނިންމާފައި އޮތީ އެ އަމުރު ގަބޫލު ނުކުރުމަށެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައިވަނީ ފަނޑިޔާރު ޑީޑީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ކޮމިޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި ޖަވާބުދާރީވުމަށް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރަކު ފޮނުވަން މިރޭގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން އެ މައްސަލާގައި ޖަވާބުދާރީވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދެންނެވުމަށް ވެސް ކޮމިޝަންގެ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީގެ ޓުވީޓު

ފަނޑިޔާރު ޑީޑީގެ ދެ މައްސަލައެއް ޖޭއެސްސީން ބަލަން ނިންމައި، އެމަނިކުފާނު މިރޭ ވަނީ ބަޔާން ނެގުމަށް ޖޭއެސްސީއަށް ހާޒިރުކޮށްފަ އެވެ.

ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް ނާޅަން ސުޕްރީމް ކޯޓުން ކުރި އަމުރު ގަބޫލު ނުކުރަން ޖޭއެސްސީން ނިންމާފައިވާތީ ސުޕްރީމް ކޯޓުން ވަނީ އިތުރު އަމުރެއް މިއަދު ނެރެ، އެ ކޯޓުގެ އަމުރާ ޚިލާފަށް ޖޭއެސްސީން ކުރާ ހުރިހާ ކަމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައިފަ އެވެ.