Roadha Mihaaru
ޑީޑީ ސަސްޕެންޑްކުރި މައްސަލާގެ ޝަރީއަތް މާދަމާ ފަށަނީ

ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރި މައްސަލާގެ ޝަރީއަތް މާދަމާ ސުޕްރީމް ކޯޓުން ފަށަނީ

21 އޯގަސްޓް 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލާގައި އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ހަމަޖަައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލާގައި އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ހަމަޖަައްސައިފި އެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރަން މިދިޔަ ޖޫން މަހު ޖޭއެސްސީން ނިންމުމުން އެ މައްސަލަ ފަނޑިޔާރު ޑީޑީގެ ފަރާތުން ކޯޓަށް ހުށަހެޅުއްވުމުން އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ނިންމައިފަ އެވެ.

އެ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސާފައިވާއިރު، އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ފަނޑިޔާރު ޑީޑީގެ މައްޗަށް ޖޭއެސްސީން ހިންގާ ތަހުގީގުގެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ޖޭއެސްސީން ބޭއްވުމަށް ފަހު، އެމަނިކުފާނު ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ތަހުގީގު ކޮމެޓީން ވަނީ ޖޭއެސްސީއަށް ލަފާ ދީފަ އެވެ. އެ ނިންމުމާ މެދު ޖަވާބުދާރީވުމުގެ ފުރުސަތު ޖޭއެސްސީން ވަނީ ދީފަ އެވެ. ޖޭއެސްސީން އެކަމުގައި ނިންމާ ނިންމުމެއް ނިންމާނީ ފަނޑިޔާރު ޑީޑީ ޖަވާބުދާރީވެ ވަޑައިގަތުމުންނެވެ.