Roadha Mihaaru
ބޭރުން ރުއް ގެނެސް ލޮނުޒިޔާރަތްކޮޅުގައި އިންދަނީ

ރާއްޖެ އިން ބޭރުން ރުއް ގެނެސް ލޮނުޒިޔާރަތްކޮޅުގައި އިންދަން ފަށައިފި

18 ޖޫން 2019

ސިނަމާލެ ބްރިޖާ ގުޅިފައިވާ ލޮނުޒިޔާރަތްކޮޅާއި އަޑި ޕާކު ހިމެނޭ ސަރަހައްދު ފެހި ޕާކަކަށް ހެދުމަށްޓަކައި ރާއްޖެ އިން ބޭރުން ރުއް ގެނެސް މިރޭ އިންދަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސިނަމާލެ ބްރިޖާ ގުޅިފައިވާ ލޮނުޒިޔާރަތްކޮޅާއި އަޑި ޕާކު ހިމެނޭ ސަރަހައްދު ފެހި ޕާކަކަށް ހެދުމަށްޓަކައި ރާއްޖެ އިން ބޭރުން ރުއް ގެނެސް މިރޭ އިންދަން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް، "މިހާރު" އަށް ވިދާޅުވީ، އެ ސަރަހައްދުގައި އިންދުމަށް 40 އަކަށް ރުއް ގެނައީ އިންޑިއާގެ ނާސަރީއަކުން ކަމަށެވެ. އެ ރުއްތައް އިންދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

Lonuziyaaraiykolhugai gasindhai Park akah hadhany

Lonuziyaaraiykolhugai gasindhai Park akah hadhany

The most trusted news source in the Maldives

Mihaaru

ލޮނުޒިޔާރަތްކޮޅުގައި ޕާކެއް ހަދަން ފެށުން--

ގިނަ އަދަދެއްގެ ގަސް އިންދައި، އެ ސަރަހައްދު ފެހި ކުރުމަށް ނިންމާފައިވާއިރު ގިނަ ގަސްތައް ގެންނަނީ އަތޮޅުތެރޭގެ ރަށްރަށުން ކަމަށް ޝަމާއު ވިދާޅުވި އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުން ކަނޑަން ނިންމާފައިވާ ގަސްތައް ގެންގޮސް އަޑި ޕާކް ސަރަހައްދުގައި އިންދުމަށް ނިންމާފައިވާ ވިދާޅުވި އެވެ.

"ބައެއް ގޭގޭ ހަދަން ކަނޑަން ޖެހޭ ގަސްތައް މިހާރު ހުންނާނެ ރިޒާވް ކޮށްފައި. އެ ގަސްތައް ގެނެސް މި ސަރަހައްދުގައި އިންދާނީ،" ޝަމާއު ވިދާޅުވި އެވެ.

ލޮނުޒިޔާރަތްކޮޅުގައި އިންދަން ރުއް ގެނެސް: އެ ތަން ފެހިކުރުމަށް ރާއްޖެއިން ބޭރުން ވަނީ ރުއް ގެނެސްފައި-- ފޮޓޯ: ސިޓީ ކައުންސިލް

ލޮނުޒިޔާރަތްކޮޅުގައި އިންދަން ރުއް ގެނެސް: އެ ތަން ފެހިކުރުމަށް ރާއްޖެއިން ބޭރުން ވަނީ ރުއް ގެނެސްފައި-- ފޮޓޯ: ސިޓީ ކައުންސިލް

މާލޭގެ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި މި ސަރުކާރުން އަލަށް ތަރައްގީ ކުރާ އެ ޕާކްގައި ދެން ހުންނާނީ މީހުން އިށީނުމަށް ހަދާފައި ހުންނަ ބެންޗްތަކެއް އެކަނި ކަމަށް ޝަމާއު ވިދާޅުވި އެވެ. ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ ޕާކް ހުޅުވޭވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ ޕާކެއް ފެހިކުރުމަށް ރާއްޖެ އިން ބޭރުން ރުއް ގެނެސްފައިވާއިރު، ރާއްޖޭގައި ފަޅު ހިއްކައިގެން ހަދާ ރިސޯޓްތައް ފެހި ކުރުމަށް ރަށްރަށުން ރުއް ނަގާ މައްސަލަ އޮތީ ބޮޑުވެފަ އެވެ. ރުއްގަސް ނަގާ ގަވައިދު އިސްލާހުކޮށް ހަރުކަށި ކުރުމަށް ވެސް ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.