Roadha Mihaaru
ސުޕްރީމް ކޯޓުގެ އަމުރާމެދު ގާޒީއަކު ސުވާލު އުފައްދައިފި

ސުޕްރީމް ކޯޓުގެ އަމުރާ މެދު ގާޒީއަކު ސުވާލު އުފައްދައިފި

18 ޖޫން 2019

ފަނޑިޔާރަކު ނިންމަވާ ނިންމެވުމެއްގެ މެރިޓާ ގުޅުވައިގެން، އެ ފަނޑިޔާރަކަށް ސުލޫކީ ފިޔަވަޅެއް ނޭޅޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި އަމުރާ މެދު ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު މިއަދު ސުވާލު އުފައްދަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފަނޑިޔާރަކު ނިންމަވާ ނިންމެވުމެއްގެ މެރިޓާ ގުޅުވައިގެން، އެ ފަނޑިޔާރަކަށް ސުލޫކީ ފިޔަވަޅެއް ނޭޅޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި އަމުރާ މެދު ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު މިއަދު ސުވާލު އުފައްދަވައިފި އެވެ.

ގާޒީ މަރިޔަމް ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ވިލާޔަތާއި އަހުލިއްޔަތާއި ޝަރުއިއްޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ވަނީ ކަނޑައަޅައި، ޒިންމާތަކުން ދުރުކޮށްފަ އެވެ. އަލުން ގާޒީކަން ކުރެއްވުމުގެ ފުރުސަތު އޭނާ އަށް ދިނީ އަހަރެއްހާ ދުވަސް ފަހުންނެވެ. ގާޒީ މަރިޔަމް ފަނޑިޔާރުކަމުގެ ޒިންމާތަކުން ދުރުކުރީ ވ. ބޮޑުމޮހޮރާ ކިޔާ ރަށެއް މެރިން ޓެކްނޮލޮޖީ ކުންފުންޏާ ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށް، އޭނާ ކުރެއްވި ހުކުމަކާ ގުޅިގެންނެވެ.

Gaazee mariyam alun court ah

Gaazee mariyam alun court ah

The most trusted news source in the Maldives

Mihaaru

ގާޒީ މަރިޔަމް އަލުން ކޯޓަށް ނުކުތުން---

އޭނާއާ މެދު ސުޕްރީމް ކޯޓުން އޭރުން ނިންމި ނިންމުމާ ގުޅޭ ޚަބަރާއި މިއަދު ސުޕްރީމް ކޯޓުން ކުރި އަމުރުގެ ފޮޓޯއެއް ފޭސްބުކުގައި ޕޯސްޓް ކުރައްވައި ގާޒީ މަރިޔަމް ވިދާޅުވީ އެއީ ތާރީޚު ކަމަށެވެ. އޭނާ ދައްކަވަން އުޅުއްވަނީ އެއް މައްސަލައެއްގައި ސުޕްރީމް ކޯޓުން ދެ ގޮތަކަށް ނިންމި ކަމެވެ.

މަރިޔަމް ވަހީދުގެ ފޭސްބުކް ޕޯސްޓް: މިހާރު ވަނީ މި ޕޯސްޓް ޑިލީޓްކުރައްވާފައި

މަރިޔަމް ވަހީދުގެ ފޭސްބުކް ޕޯސްޓް: މިހާރު ވަނީ މި ޕޯސްޓް ޑިލީޓްކުރައްވާފައި

ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލައެއް ބަލަމުން ދާތީ އޭނާ ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމުމުން، އެއަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު ގާނޫނުއަސާސީއާ ހިލާފް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށް ކަމަށާއި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެކަމަށެވެ.

ފަނޑިޔާރަކު މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި ހުކުމަކާ ގުޅިގެން، ގާނޫނުއަސާސީގައި ބުނާ އިސްތިއުނާފު ކުރުމުގެ ހަމަތަކުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ސުލޫކީ މައްސަލަ ބެލުމުގެ އުސޫލުތަކުގެ ބޭރުން ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.