Roadha Mihaaru
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ނިހާޔަތު ކުރިމަތިލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ނިހާޔަތު ކުރިމަތި ލައްވައިފި

02 ސެޕްޓެމްބަރ 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ކުރީގެ ޑެޕިއުޓީ ޕްރޮސއެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އިއްޔެ ކުރިމަތި ލައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ކުރީގެ ޑެޕިއުޓީ ޕްރޮސއެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އިއްޔެ ކުރިމަތި ލައްވައިފި އެވެ.

ސިވިލް ކޯޓުގެ ގާޒީކަން ވެސް ހަ އަހަރު ކުރައްވާފައިވާ ނިހާޔަތު، ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އިރު، އެ ކޯޓުގެ ފަނޑިޔާރު ކަމަށް އާ ދެ ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އެއީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ.

ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް (ޑީޕީޖީ)ގެ މަގާމުން ނިހާޔަތު އިސްތިއުފާ ދެއްވީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ކަސްޓަމްސްގަ އެވެ. އެތަނުގައި 11 އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު ދެން ގުޅިވަޑައިގަތީ ސިވިލް ކޯޓާ އެވެ. އެ ކޯޓުގެ ގާޒީ ކަމުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ޑިސެމްބަރު 31، 2015 ގަ އެވެ.

ނިހާޔަތު މިއަދު ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އޭނާ ކުރިމަތި ލެއްވީ ތައުލީމާއި ތަޖުރިބާގެ ގޮތުން އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވޭނެެކަން ޔަގީންވެ ވަޑައިގަންނަވާތީ އެވެ. އަދި އަންހެން ބޭފުޅަކަށް ހުންނަވައިގެން ވެސް، އިންސާފުވެރިކަމާ އެކު، ފަނޑިޔާރުކަން ކުރެއްވޭނެކަން ސިވިލް ކޯޓުން ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯޓުގައި ދެން ތިބި ފަނޑިޔާރުންނާ ބަލާފައި އަޅުގަނޑުގެ މަސައްކަތް ވަކި ދުލެއް ނުކުރެވޭނެ. އެހެންވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރެއްވޭނެކަން ޔަގީންވާތީ ކުރިމަތިލީ،" ނިހާޔަތު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އަންހެނުން ކުރިމަތިލާތީ، އެއީ ދީނީ ގޮތުން ހުއްދަ ނޫން ކަމެއް ކަމަށް ބުނެ ބައެއް މީހުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ.