Roadha Mihaaru
ޓްރިވެންޑްރަމުން އެތެރެކުރި ޑްރަގްސް އަތުލައިގެންފި

ވައިގެ މަގުން އެތެރެކުރި ކިލޯއަކަށް ވުރެ ގިނަ ޑްރަގް އަތުލައިގެންފި

28 ޖޫން 2019

ރާއްޖެ އަށް ވައިގެ މަގުން އެތެރެކުރި އެއް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން މިއަދު އަތުލައިގެންފި އެެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އަށް ވައިގެ މަގުން އެތެރެކުރި އެއް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން މިއަދު އަތުލައިގެންފި އެެވެ.

އެ އިދާރާ އިން ބުނީ މަސްތުވާތަކެތި ފެނުނީ އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އަށް އައި އުމުރުން 21 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ކަމަށެވެ. އެ ލަގެޖް ބަލައި ފާސްކުރީ އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްކަން ފުރަތަމަ މަރުހަލާގެ ތަހުގީގުން އެނގިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. ބަރުދަނުގައި 1.096 ކިލޯ ހުރި އިރު އެތަކެތީގެ މަގުމަތީ އަގު 667،000 ރ. އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އެ މައްސަލައިގައި ހިފެހެއްޓި މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.