Roadha Mihaaru
ފެބްރުއަރީ 7 ތަކުރާރުވިޔަ ނުދޭން އެޅި ފިޔަވަޅު ބަލަނީ

ފެބްރުއަރީ 7 ތަކުރާރުވިޔަ ނުދިނުމަށް އެޅި ފިޔަވަޅު ބަަލަން އިމްރާންއާ ސުވާލު ކުރަނީ

03 ޖުލައި 2019

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެ ދުވަހަށް ފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އާއި އެ ދުވަހަށް ފަހު ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލު ކުރަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

އިމްރާން މަޖިލިހަށް ހާޒިރު ކުރަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުﷲ ޖާބިރެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރަކާ ސުވާލުކުރާ ނަމަ، އެ ބޭފުޅަކަށް މަޖިލިހުގެ އިދާރާ އިން ބަންދު ދުވަސްތައް ނުލައި 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެ އެވެ.

ޖާބިރު މަޖިލިހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ ފެބްރުއަރީ 6، 2012 ވަނަ ދުވަހުގެ ރޭ ޣައިރު ގާނޫނީ އަމުރުކުރާ ކަމަށް ބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަން ނުވި ފުލުހުންތަކެއްގެ މައްސަލަ ހައްލު ނުވުމުން ފެބްރުއަރީ 7، 2012 ގައި ހިނގި ހަމަނުޖެހުންތަކުގައި ނަޝީދު އިސްތިއުފާ ދެއްވި ކަމަށެވެ.

އަދި ފެބްރުއަރީ 8، 2012 ވަނަ ދުވަހު ރައްޔިތުންތަކެއް ނުކުމެ މާލެ އާއި ބައެއް ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި ވެހިކަލްތަކުގައި ހުޅު ޖެހި ކަމަށް މައްސަލައިގައިވެ އެވެ.

އެހެންވެ، ޖާބިރު ހުށަހެޅުއްވީ ފުލުހުންގެ ތެރޭގައި މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލުތަކަކީ ކޮބައިތޯ އާއި ފުލުހުންގެ އިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށެވެ.

އެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވެނީ މި މަހުގެ ފަހުކޮޅެވެ.

ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެ އެވެ. އެގޮތުން ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލައި އެކަމުގައި ބައިވެރިވި މީހުންނާ މެދު ފިޔަވަޅު އަޅަން އެމްޑީޕީގެ މަޖިލިހުގެ ގިނަ މެމްބަރުން ދާދި ފަހުން ވެސް ގޮވައިލި އެވެ.

ފެބްރުއަރީ ހަތެއްގައި ޖުމްހޫރީ މައިދާނަށް އެއްވެ ތިބި ފުލުހުންނާ ބައްދަލުކުރައްވަން އޭރުގެ ރައީސް ނަޝީދު ވަޑައިގަންނަވަނީ. ފައިލް ފޮޓޯ

ފެބްރުއަރީ ހަތެއްގައި ޖުމްހޫރީ މައިދާނަށް އެއްވެ ތިބި ފުލުހުންނާ ބައްދަލުކުރައްވަން އޭރުގެ ރައީސް ނަޝީދު ވަޑައިގަންނަވަނީ. ފައިލް ފޮޓޯ

ފެބްރުއަރީ 7 ގެ މައްސަލައިގައި އިމްރާން މަޖިލިހަށް ހާޒިރު ކުރާ އިރު، އޭރު ނަޝީދުގެ ވެރިކަމާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ލީޑަރަކީ ވެސް އިމްރާނެވެ. އެގޮތުން އިމްރާން އޭރު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ތުހުމަތުކުރާތީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ގަރާރަކުން ހަމަ އެ އަހަރު ކޮމިޝަނެއް އުފައްދައި ތަހުގީގުކުރި އެވެ. ހަ މަސްދުވަހުގެ މަސައްކަތަށް ފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ.

އޭރުގެ ނައިބު ރައީސް ވަހީދު ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން އެމްޑީޕީގެ ތުހުމަތުތަކަށް ބާރު ލިބޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެ ކޮމިޝަނުގެ ތަހުގީގަށް ފެނިފައެއް ނުވެ އެވެ. ނަމަވެސް އެމްޑީޕީން އޭރު ވެސް އަދި މިހާރު ވެސް އެކަން ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން އަބަދުވެސް ބުނަމުން އަންނަނީ ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށެވެ.

ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ ފެބްރުއަރީ 6، 7 އަދި 8 ވަނަ ދުވަހު ފުލުހުން އަނިޔާވެރިވެފައިވާ ކަމަށާއި އެކަން ބަލައި ތަހުގީގުކޮށް ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.