Roadha Mihaaru
ކޮޗިން ފެރީ އެމްއޯޔޫ އަށް އިންޑިއާ އިން ރުހުން ދީފި

ކޮޗިން ފެރީ އެމްއޯޔޫ އަށް އިންޑިއާގެ ކެބިނެޓުން ރުހުން ދީފި

03 ޖުލައި 2019

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ޚިދުމަތް ފަށަން މަސްކަތް ކުރުމަށް ދެ ގައުމުން ސޮއިކުރި އެއްބަސްވުމަށް އިންޑިއާގެ ކެބިނެޓުން ރުހުން ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ޚިދުމަތް ފަށަން މަސްކަތް ކުރުމަށް ދެ ގައުމުން ސޮއިކުރި އެއްބަސްވުމަށް އިންޑިއާގެ ކެބިނެޓުން ރުހުން ދީފި އެވެ.

އިންޑިއާގެ ޕްރެސް އިންފޮމޭޝަން ބިއުރޯ އިން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި ބުނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެެމްއޯޔޫ، ކުރިން އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ގެންދަން ކެބިނެޓުން ރުހުން ދީފައިވާ ކަމަށެވެ.

އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ. އެ ނިޒާމު ގާއިމް ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އިންޑިއާއާ މަޝްވަރާ ކުރި އެވެ.

ކޮޗިން ފެރީ ރާއްޖެ އަށް ފެށުމާ މެދު އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެެކަމާ ދެކޮޅު ހަދާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ގަވައިދާ ހިލާފަށް ރާއްޖެ އަށް މަސައްކަތްތެރިން އެތެރެވުމަށް ހުޅުވޭ ދޮރަކަށް ވާނެ އެވެ.