05 ޖުލައި 2019
ކޮލަމްބޯ (ޖުލައި 5) - އެޕްރީލް މަހު ފަހުކޮޅު ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގެ ޓޫރިޒަމް ވަރަށް ބޮޑަށް އަޑިއަޅާލިކަން ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކޮލަމްބޯ (ޖުލައި 5) - އެޕްރީލް މަހު ފަހުކޮޅު ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގެ ޓޫރިޒަމް ވަރަށް ބޮޑަށް އަޑިއަޅާލިކަން ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އީސްޓާ ބޮމުގެ ހަމަލާގެ ކުރިން ލަންކާގެ ޓޫރިޒަމްގެ މިސްރާބު ހުރީ މި އަހަރު ރެކޯޑް އަދަދަކާ ދިމާލަށެވެ. ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހިސާބުތައް ދައްކާ ގޮތުން އެޕްރީލް 21 ވަނަ ދުވަހު ބޮމުގެ ހަމަލާ ދިން ނަމަވެސް އެ މަހު ވަނީ 166،975 މީހުން ލަންކާ އަށް ޒިޔާރަތް ކޮށްފަ އެވެ. ގިނަ މީހުން ޒިޔާރަތް ކުރީ ހަމަލާގެ ކުރިންނެވެ. ނަމަވެސް މެއި މަހު ވަނީ އެ އަދަދު 37،800 އަށް ވެއްޓިފަ އެވެ. ޖޫން މަހު ވަނީ އަނެއްކާ ވެސް 66 ޕަސެންޓުގެ ކުރިއެރުމަކާ އެކު 63،000 އަށް މައްޗަށް ޖެހިފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ މެއި މަހު ވަނީ 146،828 މީހުން ލަންކާ އަށް ޒިޔާރަތްކޮށްފަ އެވެ.
ލަންކާގެ މާލީ ވަޒީރު މަންގަލަ ސަމަރާވީރާ ކުރިން ވިދާޅުވެފައި ވަނީ ބޮމުގެ ހަމަލާތަކާ ގުޅިގެން ޓޫރިޒަމް އާމްދަނީ މި އަހަރު 30 ޕަސެންޓް ދަށަށްދާނެ ކަމަށެވެ. އެއީ ގާތްގަނޑަށް 1.5 ބިލިއަން ޑޮލަރެވެ. އެކަމަކު ސަމަރާވީރާ ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުން ގެއްލުން އެއް ބިލިއަން ޑޮލަރަށް ވުރެ ވެސް ކުޑަވާނެ ކަމަށެވެ.
ލަންކާގެ ތިން ފައްޅިއަކާއި ލަގްޒަރީ ތިން ހޮޓަލަށް އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ބަޔަކު އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކުގައި 258 މީހުން މަރުވި އެވެ. އޭގެ ތެރޭގައި 45 ބިދޭސީން ވެސް ހިމެނެ އެވެ.
ބޮމުގެ ހަމަލާއަށް ފަހު ޓޫރިޒަމް އަންނަނީ ރަނގަޅުވަމުން
އީދު ޗުއްޓީގައި ދިވެހިން ލަންކާއާ ދުރަށް!
ލަންކާ ހަމަލާ: ދިވެހި ޓޫރިޒަމަށް އޮތީ ކޮން އަސަރެއް؟
ރާއްޖެ-ލަންކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވޭނެ: މަސްއޫދު
ޖަޔަޝަންކަރު ގޮވާލެއްވީ ޗުއްޓީއަށް ލަންކާއަށް ދިޔުމަށް
މިއީ 4 އަހަރުތެރޭ ޓޫރިސްޓުން އެންމެގިނަ މަސް: ލަންކާ
ރާއްޖެ ދެކެ ފޫއްސެއް ނުވާނެ، 50 ފަހަރު ވެސް އާދޭ
ރާއްޖެއަކީ ފޫހި މަންޒިލެއް ކަމަށް ބުނުމުން ފާޑުކިޔުން
ލަންކާގައި ޓޫރިޒަމް އިސްތިހާރުކުރަން އިއްބަޑޭގެ ޝޯއެއް
ލަންކާގެ ޓޫރިސްޓު ހިދުމަތަށް އަގުނަގާނީ ބޭރު ފައިސާއިން