Roadha Mihaaru
ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް މަހްމޫދު

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް މަހްމޫދު

24 ޖޫން 2020

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް މަހްމޫދު ރިޔާޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް މަހްމޫދު ރިޔާޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

މަހްމޫދު ކުރިން ހުންނެވީ އެ އިދާރާގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގަ އެވެ. އޭނާ ވަނީ ކަސްޓަމްސްގައި 27 އަހަރު މަސައްކަތް ކުރައްވާފަ އެވެ.

ކަސްޓަމްސްގައި ކުރިން ވެސް ދެ ޑެޕިއުޓީ ކޮމިޝަނަރުން ތިއްބެވި އެވެ. އެއް މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ ޝަރީފް، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް އިއްޔެ އައްޔަން ކުރެއްވުމުންނެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ދެން ހުންނެވީ މުހައްމަދު މާނިއު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ޖުލައި 8، 2019 ގަ އެވެ.

ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމަށް އޭނާ މި އައްޔަން ކުރެއްވީ، ޑިސެމްބަރު 11، 2018 ން ފެށިގެން އެ މަގާމު ފުރުއްވަމުން އައި އަހުމަދު ނުއުމާން، މާޗް 31 ވަނަ ދުވަހުގެ ރޭ އަވަހާރަވުމުންނެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވި ނުއުމާން އާލާސްކަންފުޅާ އުޅުއްވި ހިސާބުން ފެށިގެން ހައެއްކަ މަސް ވަންދެން ވެސް ކަސްޓަމްސް ހިންގުމުގައި އިސްކޮށް ހުންނެވީ އަބްދުﷲ ޝަރީފެވެ. ނުއުމާން އަވަހާރަވި ފަހުން މިދިޔަ ތިން މަހެއްހާ ދުވަހު ވެސް ކަސްޓަމްސް ވަގުތީ ގޮތުން ހިންގެވީ އޭނާ އެވެ.