މާލޭގެ ގެއެއްގެ ހަތަރު ވަނަ ބުރީގެ ވައިގޮޅިއަކުން ރޭ ދަންވަރު ވެއްޓި ބޮޑެތި އަނިޔާތަކެއްވި، އުމުރުން 76 އަހަރުގެ އަންހެންމީހާ މިއަދު މަރުވެއްޖެ އެވެ.
މާލޭގެ ގެއެއްގެ ހަތަރު ވަނަ ބުރީގެ ވައިގޮޅިއަކުން ރޭ ދަންވަރު ވެއްޓި ބޮޑެތި އަނިޔާތަކެއްވި، އުމުރުން 76 އަހަރުގެ އަންހެންމީހާ މިއަދު މަރުވެއްޖެ އެވެ.
ލ. ކަލައިދޫ ހަވީރީގޭ ނަސީމާ ދާއޫދު މަރުވީ، ދަންވަރު 1:30 ހާއިރު، މ. ބަނާނާލީފްގޭގެ ވައިގޮޅިން ވެއްޓި އެވެ. މި ހާދިސާގައި އޭނާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ދިއުމުގެ އިތުރުން ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބިނދިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ނަސީމާ މާލޭގައި ދިރިއުޅެނީ އާއިލާއާ އެކު އެވެ. އޭނާގެ އެއްވެސް ބައްޔެއް ހުރިކަން މިހާތަނަށް ފާހަގަވެފައެއް ނުވެ އެވެ.
އެ މީހާ ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމުން، ވައިގޮޅިން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާ އެކު އެވެ.
އެ މީހާ މަރުވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ނަސީމާގެ ޖަނާޒާ އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާގަ އެވެ.
ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި މީހަކު މަރުވެއްޖެ
އަނެއްކާވެސް ހާދިސާއެއް ހިނގަންދެން!
ގަލަކުން ޖެހި މީހަކު މަރުވުމުން ކުންފުނި ޖޫރިމަނާ
ހުޅުމާލޭގައި އިމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެ
ޖިއާންގެ މަރާ ގުޅިގެން ހަ މީހަކަށް ދައުވާކޮށްފި
އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވެއްޖެ
ޖިއާންގެ މަރު: "ނިވިގެން އެދިޔައީ ހަޔާތުގެ އަލިކަން"
ޑަބްލިއު ކޮންސްޓްރަކްޝަނަށް އަލުން ހުއްދަ ދީފި
ކޮންސްޓްރަކްޝަން ސައިޓުތައް: ނުރައްކަލުގެ ހާއްޔެއް
ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު މާލެ ގެންނަނީ