އެންމެ ވޯޓެއްގެ ތަފާތުން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް މިއަދު އިންތިޚާބުވެއްޖެ އެވެ.
14 ޖުލައި 2019
އެންމެ ވޯޓެއްގެ ތަފާތުން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް މިއަދު އިންތިޚާބުވެއްޖެ އެވެ.
ރާއްޖޭގެ 1،600 ވަކީލުންގެ މެދުގައި ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި އަނާރާއާ އެކު، އިތުރު ފަސް ބޭފުޅަކު އެގްޒެކްޓިވް ކޮމިޓީގެ މެމްބަރަކަށް އިންތިޚާބުވި އެވެ. އަނާރާއާ ވާދަކުރެއްވީ ވަކީލް އަބުދުލް މާނިއު ހުސައިނެވެ. ދެ ބޭފުޅުންގެ ދެމެދުގައި އެއް ވޯޓުގެ ތަފާތު އުޅޭތީ ވޯޓު އަލުން ގުނުމަށް ހުށަހެޅި ޝަކުވާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު އަލުން ގުނައިފަ އެވެ.
އެކަމަކު ވެސް އަނާރާގެ މައްޗަށް މާނިއު އަށް ކުރި ހޯއްދެވޭ ގޮތެއް ނުވި އެވެ.
ރަސްމީ ނަތީޖާ ދައްކާ ގޮތުގައި އަނާރާ އަށް 343 ވޯޓު ލިބިވަޑައިގެންނެވި އިރު، މާނިއު އަށް ލިބިވަޑައިގެންނެވީ 342 ވޯޓެވެ.
އަނާރާގެ އިތުރުން ދެން ކޮމިޓީގެ މެމްބަރު ކަމަށް އިންތިޚާބުވީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ސުޖޫން މުހައްމަދު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި ވަކީލް މުހައްމަދު އަސީލާއި މުހައްމަދު ފައިސަލެވެ.
1- މުހައްމަދު ފައިސަލް (631 ވޯޓު)
2- އަހުމަދު މުއިއްޒު (627 ވޯޓު)
3- އައިޝާ ސުޖޫން މުހައްމަދު (445 ވޯޓު)
4- އަނަސް އަބްދުއްސައްތާރު (361 ވޯޓު)
5- މުހައްމަދު އަސީލް (356 ވޯޓު)
6- އަނާރާ ނައީމް (343 ވޯޓު)
ބާ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ ސިޔާސީ ބައެއް ބޭފުޅުންގެ ހައްގުގައި ކޯޓުތަކުގައި ވަކާލާތު ކުރެއްވުމުގައި އިސް ދައުރެއް އަދާ ކުރެއްވި މައުމޫން ހަމީދެވެ. އެ ކައުންސިލްގެ ނައިބު ރައީސް ކަމަށް އިންތިޚާބުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.
ބާ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުންގެ ދައުރަކީ ތިން އަހަރެވެ. އަދި ދެ ދައުރަށް ވުރެ ގިނައިން އެ ކޮމިޓީގައި ނުހިމެނޭނެ އެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި ގާނޫނީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަކީ ބާ ކައުންސިލުން ކުރަންޖެހޭ ކަންކަމެވެ.
ޝިޔާމް ތަޅުމުން ނެރުނު ގޮތާ މެދު ލަފައަކަށް އެދިއްޖެ
ބާ ކައުންސިލަށް ނޫރުބާން އިންތިހާބުކޮށްފި
ބާ ކައުންސިލަށް ބަޖެޓު ނުލިބޭތީ މައުމޫންގެ ކަންބޮޑުވުން
ބާ ކައުންސިލަށް ސިޔާސީ ނުފޫޒެއް ނުފޯރުވޭނެ: މައުމޫން
ބާ ކައުންސިލްގެ ވޯޓުލުން އޮންނާނީ މާލެ އާއި އައްޑޫގައި
ބާ ކައުންސިލްގެ ނައިބުރައީސަކަށް މުއިއްޒު ވާދަކުރައްވަނީ
މައުމޫން ވެސް ބާ ކައުންސިލްގެ ރައީސަކަށް ވާދަކުރައްވަނީ
ބާކައުންސިލް އިންތިހާބަށް އީސީއަށް އުސޫލެއް ނުހެދޭނެ
ބާ އިމްތިހާނު 136 ކެންޑިޑޭޓުންނާ އެކު ބާއްވައިފި
ލިޔުން އެޓެސްޓުކުރަން ވަކީލުންނަށް ހުރަހެއް ނެތް