ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކޮއްކޮ، އަދި ގާނޫނީ ވަކީލް ނޫރުބާން ފަހުމީ މިއަދު އިންތިހާބުކޮށްފި އެވެ.
28 ސެޕްޓެމްބަރ 2019
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކޮއްކޮ، އަދި ގާނޫނީ ވަކީލް ނޫރުބާން ފަހުމީ މިއަދު އިންތިހާބުކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ޕްރައިވެޓް ސެކްޓަރު ތަމްސީލްކުރައްވާ މެމްބަރެއްގެ ގޮތުން ޕެންޝަން ބޯޑަށް ލި ނޫރުބާން ބާ ކައުންސިލަށް އިންތިހާބުވެވަޑައިގަތީ 101 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަ ކުރެއްވި އަބްދުއްސަލާމް އާރިފަށް ލިބިވަޑައިގެންފައި ވަނީ 97 ވޯޓެވެ.
ބާތިލް ވޯޓުގެ ގޮތުގައި ހަތަރު ވޯޓު ހިމެނޭ އިރު، އިންތިހާބުގައި 202 ވަކީލަކު ވޯޓުލި އެވެ.
ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމެއް ހުސްވީ އެ ކޮމިޓީގެ މެމްބަރަކަށް ހުންނެވި އައިޝާ ޝުޖޫން މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި އިތުރު ހަ މެމްބަރަކާއި ބަންޑާރަ ނައިބެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ޝިޔާމް ތަޅުމުން ނެރުނު ގޮތާ މެދު ލަފައަކަށް އެދިއްޖެ
ބާ ކައުންސިލަށް ބަޖެޓު ނުލިބޭތީ މައުމޫންގެ ކަންބޮޑުވުން
ވޯޓެއްގެ ތަފާތުން އަނާރާ ބާ ކައުންސިލްގެ މެމްބަރަކަށް
ބާ ކައުންސިލަށް ސިޔާސީ ނުފޫޒެއް ނުފޯރުވޭނެ: މައުމޫން
ބާ ކައުންސިލްގެ ވޯޓުލުން އޮންނާނީ މާލެ އާއި އައްޑޫގައި
ބާ ކައުންސިލްގެ ނައިބުރައީސަކަށް މުއިއްޒު ވާދަކުރައްވަނީ
މައުމޫން ވެސް ބާ ކައުންސިލްގެ ރައީސަކަށް ވާދަކުރައްވަނީ
ބާކައުންސިލް އިންތިހާބަށް އީސީއަށް އުސޫލެއް ނުހެދޭނެ
ބާ އިމްތިހާނު 136 ކެންޑިޑޭޓުންނާ އެކު ބާއްވައިފި
ލިޔުން އެޓެސްޓުކުރަން ވަކީލުންނަށް ހުރަހެއް ނެތް