Roadha Mihaaru
ޕްރިޔަންކާ ސިނގިރެޓް ބޯ މަންޒަރާ އެކު ފާޑުކިޔަނީ

ޕްރިޔަންކާ ސިނގިރެޓް ބޯ މަންޒަރާ އެކު ފާޑުކިޔަނީ

23 ޖުލައި 2019

ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ޖެހުނީމާ ހުރިހާ ކަމެއް ވަރިކަމަށް މިހާރު ބެލެވިދާނެ އެވެ. އިންޑިއާގައި ދިވާލީ ފަދަ މުނާސަބަތުތައް ފާހަގަކުރަން ހަވާ އަރުވައި ބަޑި ބޭހުގެ ކުޅިވަރުތައް ކުޅޭތީ އެއީ އޭނާ ގަޔާވާ ކަމަކަށް ނުވެ އެވެ. އަދި ނޭވާ ހިއްލުމުގެ ހިއްލާތީ ބަޑިބޭހުގެ ކުޅިވަރުތަކަށް ތާއީދުނުކުރާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހު އިންޑިއާގައި އޮތް އޭނާގެ ކައިވެނީގެ ހަފުލާގައި ހަވާ އެރުވި އެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ފާޑު ކިޔާފައިވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ފަހަރު އަނެއްކާވެސް ހަމަ މި ބާވަތުގެ ނޭދެވޭ އަދި ފޭނުންނަށް ބަލައިގަންނަން އުނދަގޫ ކަމެއް ޕްރިޔަންކާގެ ފަރާތުން ފެނިފައިވެ އެވެ. އެއީ މި މަހުގެ 18 ވަނަ ދުވަހު ފާހަގަކުރި އޭނާގެ 37 ވަނަ އުފަން ދުވަހުގެ މަޖާގަނޑުގެ ތެރެއިން މިދިޔަ ހަފުތާގައި މަޔާމީގައި ހޭދަކުރި ޗުއްޓީ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމެވެ.

ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވާ ފޮޓޯތަކުގައި ޕްރިޔަންކާ ސިނގިރެޓް ބޯ މަންޒަރު ފެންނަ އިރު، އޭނާގެ ފިރިމީހާ ނިކް ޖޯނަސް އާއި މަންމަ ޑރ. މަދޫ ޗޯޕްޅާ ވެސް ކައިރީގައި ބޮޑު ދެ ސުއްޓާ ޖަހައިގެން ތިބޭ ތަން ފެނެ އެވެ.

މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޕްރިޔަންކާ އަށް އެއްޗެހި ކިޔައިފަ އެވެ. އެއް ބަޔަކު ބުނި ގޮތިގައި ނޭވާ ހިއްލާތީ ބަޑިބޭހުގެ ކުޅިވަރަށް ތާއީދު ނުކުރާ މީހަކު، މިހާރު ފަރުވާ އަށް ސިނގިރެޓް ބޮނީ ކަމަށެވެ. އަދި ޕްރިޔަންކާގެ ފަރާތުން ފެންނަ މިކަހަލަ ކަންކަމަކީ އޭނާގެ ބަހާއި އަމަލާ ދިމާ ނުވާ މީހެއްގެ ގޮތުގައި ބައެއް މީހުން ސިފަކޮށްފައިވެ އެވެ.

އަނެއްކޮޅުން، މަންމަ އަކީ ޑޮކްޓަރަކަށްވެފައި ދަރިފުޅާއި ދަނބިދަރިފުޅާ އެކު ދުންފަތުގެ އިސްތިއުމާލު ކުރަން މަދޫ އިނުމަކީ ވެސް ވަރަށް ހުތުރު އަމަލެއް ކަމަށް ބައެއް މީހުން ބުންޏެވެ.

ޕްރިޔަންކާ އަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި ވަރަށް ގިނަ އަންހެނުން ރޯލް މޮޑެލެއްގެ ގޮތުގައި ބަލާ އަދި ޔުނިސެފް ކަހަލަ ޖަމާއަތެއްގެ އެމްބަސެޑަރުކަން ވެސް ކުރާ މީހަކު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ބައެއް މީހުން ބުނި ގޮތުގައި ޕްރިޔަންކާ ތިމާވަރުގެ މީހަކު ނެތިގެން އެހެން މީހުންނަށް މަގު ދައްކަން އުޅުމަށް ވުރެ، އަމިއްލަ ނަފުސު އިސްލާހު ކުރިއްޔާ މާ ރަނގަޅު ވާނެ އެވެ. ހަމައެއާ އެކު ބަހާއި އަމަލާ ދިމާނުވުމަކީ ދެފުށް ދެގޮތް މީހުންގެ ގޮތެއް ކަމަށް އޭނާ އަށް ބައެއް މީހުން ހަނދާން ވެސް ކޮށް ދީފައިވެ އެވެ.

އަދި އަމިއްލަ އަށް ދުންފަތުގެ އިސްތިއުމާލު ކުރާ އިރު 2010 ވަނަ އަހަރު މީހަކަށް ޓެގްކޮށް، ދުންފަތުގެ އިސްތިއުމާލު ކުރާތީ ޕްރިޔަންކާ ކުރި ޓްވީޓެއް ވެސް ބައެއް ފޭނުން ވަނީ އޭނާގެ ހަނދާނަށްޓަކައި އަލުން ތިލަކޮށްފަ އެވެ.