ކުވައިތުގެ ކުންފުންޏަކުން އައްޑޫގައި ތައުލީމީ ދާއިރާ އަށް އިންވެސްޓް ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
29 ޖުލައި 2019
ކުވައިތުގެ ކުންފުންޏަކުން އައްޑޫގައި ތައުލީމީ ދާއިރާ އަށް އިންވެސްޓް ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ކުވައިތަލް އަލް ޖަރީ ހޯލްޑިން ގްރޫޕުން މިދިޔަ ހަފުތާގެ ފަހުކޮޅު ކައުންސިލާ ބައްދަލުކޮށް، އެކަމާ ބެހޭ ގޮތުން މަޝްވަރާ ވެސް ކޮށްފައިވެ އެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫގައި ކޮލެޖެއް ނުވަތަ ޔުނިވަސިޓީއެއް ކަހަލަ ފެސިލިޓީއެއް ގާއިމުކުރަން އަލް ޖަރީން ވަރަށް ބޮޑަށް ޝައުގުވެރިކަން އެބަހުރި ކަމަށެވެ.
Addu City gai invest kuran huri furusathuthakaa gulhey gothun mashvara kurehvumah Kuwait ge Al-jeri Holding Group ge faraathun miadhu Councillaa bahdhalukurahvaifi pic.twitter.com/94VTgQNQxa
— Addu City Council (@AdduCityCouncil) July 25, 2019
"އެހެންވެ ކައުންސިލުން ވެސް ބޭނުން ވަނީ މިގޮތަށް އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކާ ގުޅިގެން އައްޑޫގައި މަޝްރޫއުތައް ހިންގަން. އެ މީހުންގެ ވާހަކަތަކަށް ބަލާއިރު، ވީހާ ވެސް އަވަހަކަށް އައްޑޫގައި އިންވެސްޓް ކުރަން ބޭނުންވާ ވާހަކަ އަޅުގަނޑުމެންނާ އެކީ ބޭއްވި ބައްދަލުވުމުގައި ހިއްސާ ކުރި،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ ކައުންސިލުން މި ތިބީ އެކަމާއިގެން ކުރިއަށް ދާން."
މޭޔަރު ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާ އިން އައްޑޫގައި ބޭރުގެ ބަޔަކު އިންވެސްޓް ކުރުމަކީ އައްޑު އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. އަދި މިއީ ތައުލީމީ ޒުވާނުން ބިނާ ކުރަން ވެސް ހުޅުވޭނެ އިތުރު ދޮރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
އަލް ޖަރީ ހޯލްޑިން ގްރޫޕަކީ ކުވައިތުގައި އެންމެ ފުޅާކޮށް ސްކޫލްތައް ހިންގާ ކުންފުންޏެވެ. އެގޮތުން އެ ގައުމުގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ދަށުން 20 ސްކޫލެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ.
ދާދި ފަހުން ކައުންސިލުން ވަނީ އައްޑޫގައި މަތީ ތައުލީމު ދޭން ޝައުގުވެރިވާ އިންސްޓިޓިއުޝަންތަކަށް ބިން ދޫކުރަން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.
އެސަސްމަންޓްތަކުން 50 ޕަސެންޓް ހޯދުން ލާޒިމް ކޮށްފި
ވަކީލުންނާއި ލޯ ކިޔަވައިދޭ ތަންތަނުން ފީއެއް ނަގަނީ
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
ފޭދޫގެ ފެން ހިންދާ ނިޒާމު ކައުންސިލާ ހަވާލުކޮށްފި
ކޮވިޑް-19: މީދޫގެ ހުރިހާ ގެއަކުން ސާމްޕަލް ނަގަނީ
އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އަދި ނުފެނޭ: އީއޯސީ
އައްޑޫ ކްލަސްޓާ އިން ތިނަދު އާއި ހޯނޑެއްދުއަށް ބިރު!
އައްޑޫ ޑެޕިއުޓީ މޭޔަރު އިސްތިއުފާ ދީފި
އައްޑޫ ކައުންސިލަށް 136 މިލިއަންގެ ބަޖެޓެއް
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެޕަލްގެ ބޮޑު ޕްރޮޖެކްޓެއް