އައްޑޫގައި މިހާރު އެންމެ ބޮޑަށް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަނުންދާ މީދޫގެ ހުރިހާ ގެކުން ސާމްޕަލް ނަގަން ނިންމައިފި އެވެ.
01 މާޗް 2021
އައްޑޫގައި މިހާރު އެންމެ ބޮޑަށް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަނުންދާ މީދޫގެ ހުރިހާ ގެކުން ސާމްޕަލް ނަގަން ނިންމައިފި އެވެ.
ހުޅުމީދޫ ސިއްހީ މަރުކަޒުން މިގޮތަށް ނިންމީ މީދޫގައި ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް އެ އަވަށުން ކޮންޓެކްޓް ޓްރޭސިން އަށް އެދެވޭ އެއްބާރުލުމެއް ނުލިބޭ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އާ ހަވާލާދީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ރޭ ވިދާޅުވެފައި ވަނިކޮށެވެ.
އީއޯސީން ރޭ ބޭއްވި ޕްރެސްގައި އޭނާ ވިދާޅުވީ މީދޫން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޭސްތައް އިތުރުވަމުން ދަނީ އެ މައުލޫމާތުތައް ނުލިބި އަދި ކޮންޓެކްޓްވީ މީހުން ނޭނގުމުގެ ސަބަބުން ކަމަށެވެ.
އެހެންވެ ވީހާވެސް ބޮޑަކަށް ކޮންޓެކްޓް ޓްރޭސިން އަށް މައުލޫމާތު ދޭންޖެހޭ ކަމަށާއި އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކްލާސްޓާ އިން ބަލި ޖެހޭ މީހުން ކޮންޓްރޯލް ކުރެވުނީ ވެސް އެންމެންގެ އެއްބާރުލުމާ އެކީގައި ކަމަށް މޭޔަރު ވިދާޅުވި އެވެ.
މީދޫގެ ކޮމިއުނިޓީގެ ތެރެއިން މިދިޔަ މަހުގެ މެދުތެރޭގައި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެ އަވަށުން ނެގި ރޭންޑަމް ސާމްޕަލްގެ ތެރެއިންނެވެ. އެހެންވެ އޭގެ ފަހުން ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ އިރު، މިހާތަނަށް މީދޫން 13 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މީދޫ ސިއްހީ މަރުކަޒުން ބުނީ ބަލި ޖެހޭ މީހުން އިތުރުވަމުންދާތީ އެ އަވަށުގެ ހުރިހާ ގެއަކުން މިއަދުން ފެށިގެން ސާމްޕަލް ނަގަން ފަށާނެ ކަމަށެވެ. އެހެންވެ މިކަމަށް ހުރިހާ ގޭބިސީއަކުން ވެސް އެއްބާރުލުން ދިނުމަށް އެދިފައިވެ އެވެ.
އައްޑޫން މިދިޔަ މަހުގެ ކުރީކޮޅު ކޮވިޑްގެ ކޭސްތަކެއް ފެނުނު ފަހުން މިހާތަނަށް 91 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އެކަމަކު އޭގެ ތެރެއިން 56 މީހަކު ރަނގަޅުވެފައިވާ އިރު، އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 35 އެވެ.
Case Update (Addu City) as of 28 February 2021, 1800hrs (Updated) pic.twitter.com/s24oOMC1BK
— Addu Emergency Operations Center (@EOCaddu) February 28, 2021
މި ވަގުތު އައްޑޫގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެނީ 4 މީހަކަށެވެ.
މިހާތަނަށް އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި 35 ބިދޭސީން ވެސް ހިމެނެ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ހިމެނެ އެވެ.
އައްޑޫން މިހާތަނަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ހިތަދޫންނެވެ. އެއީ 22 އެވެ. ފޭދޫން 17 އަދި މަރަދޫފޭދޫން 4 މީހަކު ޕޮޒިޓިވްވި އެވެ. މިހާތަނަށް އައްޑޫން ޕޮޒިޓިވް އެއްވެސް ކޭހެއް ފެނިފައި ނުވަނީ މަރަދު އާއި ހުޅުދޫންނެވެ.
މިދިޔަ މަހުގެ 1 އިން ފެށިގެން އައްޑޫގައި ކޮވިޑް ވެކްސިން ދެމުން އަންނަ އިރު އިއްޔެއާ ހަމައަށް 7،145 މީހުން ވެކްސިން ޖަހާފައިވެ އެވެ.
Covid19 Vaccine update 28.02.2021 pic.twitter.com/P9WDYrvYtD
— Addu Emergency Operations Center (@EOCaddu) February 28, 2021
މީދޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން މީދު އާއި ހުޅުދޫ ހިމެނޭ ގޮތަށް މިދިޔަ މަހުގެ 24 އިން ފެށިގެން މިހާރު ވެސް އޮތީ ހާއްސަ ފިޔަވަޅުތަކެއްގެ ތެރޭގަ އެވެ. އޭގެ ތެރޭގައި ރޭގަނޑު ކާފިއު ހިންގުމާއި ޖަމާއަތުގައި ނަމާދު ނުކުރުން ފަދަ ކަންކަން ހިމެނެ އެވެ.
އައްޑޫން ކޮވިޑްގެ ކޭސްތައް ފެނުނު ފަހުން މޮނިޓަރިން އަށްލީ ގޮތަށް އަދިވެސް އޮތީ މޮނިޓަރިން ހާލަތުގަ އެވެ. ނަމަވެސް ގުޅިފައިވާ އަވަށްތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް މިދިޔަ މަހުގެ 24 އިން ފެށިގެން ވަނީ ލުއި ދީފަ އެވެ.
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
އަމާޒަކީ އައްޑޫގެ ކޮންޓެކްޓް ޓްރޭސިން އަވަސްކުރުން
އައްޑޫން ކޮވިޑް ޖެހުނު އެންމެން ރަނގަޅުވެއްޖެ
އައްޑޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ވެއްޖެ
އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އަދި ނުފެނޭ: އީއޯސީ
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
އައްޑޫގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
އައްޑޫ ކޮވިޑް: މަރަދޫގެ ކޭސްތައް އިތުރުވަނީ
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް