އައްޑޫން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވި ކްލަސްޓާތަކުގެ ބޭރުން މިހާތަނަށް އެއްވެސް މީހަކަށް ބަލި ޖެހިފައި ނުވާތީ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ނުބެލެވޭ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިރޭ ބުނެފި އެވެ.
16 ފެބުރުއަރީ 2021
އައްޑޫން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވި ކްލަސްޓާތަކުގެ ބޭރުން މިހާތަނަށް އެއްވެސް މީހަކަށް ބަލި ޖެހިފައި ނުވާތީ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ނުބެލެވޭ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން މިރޭ ބުނެފި އެވެ.
އެތަނުން މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޑރ. ޑރ. އަބްދުﷲ މުންޝިދު ވިދާޅުވީ އައްޑޫގައި ކޮވިޑް އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައި ކަމަށާއި އެގޮތަށް ދިމާވީ މިކަމާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ރައްޔިތުން ވަރަށް ރަނގަޅަށް އިޖާބަ ދެމުން އަންނާތީ ކަމަށެވެ.
ޑޮކްޓަރު ވިދާޅުވީ މި ވަގުތު ކޮމިއުނިޓީ ސްޕްރެއް އޮތް ކަމަށް ނުބެލުނަސް އަދިވެސް ހަމަ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށެވެ.
އައްޑޫގައި އޮތީ ކޮވިޑްގެ ދެ ކްލަސްޓާއެކެވެ. އެއީ ދިވެހިންތެއް ޕޮޒިޓިވްވި އޭވިއޭޝަން ސެކިއުރިޓީ ކުލަސްޓާ ނުވަތަ އައްޑޫގެ ގުޅިފައިވާ ކްލަސްޓާ އެވެ. އަނެއް ކްލަސްޓާ އަކީ ވަކިން އޮންނަ ހުޅުމީދޫން ބިދޭސީންތަކެއް ޕޮޒިޓިވްވެ އެމްޓީސީސީ ކްލަސްޓާ އެވެ މި ކްލަސްޓާތަކުގެ ޕޮޒިޓިވް އަދަދަކީ 62 އެވެ. އެއީ ގުޅިފައިވާ އަވަށްތަކުގެ ކްލަސްޓާގައި ހިމެނޭ 37 ކޭހާއި އެމްޓީސީސީ ކްލަސްޓާގެ 25 ކޭހެވެ.
ޕޮޒިޓިވް ކޭސްތަކުގެ އަދަދު 62 އަށް އެރީ މިއަދު ޕޮޒިޓިވް 5 އަހަރުގެ ކުއްޖަކާ އެކީގަ އެވެ.
Case Update (Addu City) as of 16 February 2021, 1800hrs pic.twitter.com/dEUfKiuQ5v
— Addu Emergency Operations Center (@EOCaddu) February 16, 2021
ޑރ. މުންޝިދު ވިދާޅުވީ އައްޑޫގެ ކޮވިޑްގެ ހާލަތު މިހާރު ކޮންޓްރޯލްވެފައި އޮތަސް ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް ނިންމާނީ މިހާރު ނަގަމުން އަންނަ ރޭންޑަމް ސާމްޕަލްތަކާ އެކު ހުރިހާ ސާމްޕަލްތަކެއް ވެސް ޓެސްޓްކޮށް، ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ.
"މިހާރު މި ފެނުނު ކްލަސްޓާތަކުގެ ބޭރުން ރަށުތެރެއިން އެއްވެސް ކޭސްއެއް ފެނިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ. "ކުރިއަށް އޮތް ތަނުގައި އިތުރު ކޭސްތަކެއް ނުފެނުނު ކަމަށް ވިޔަސް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަށް އެތަނުން ވަކި ގޮތެއް އަންގަންދެން އަމަލުކުރުމަކީ ވަރަށް މުހިއްމު ކަމެއް."
މުންޝިދު ވިދާޅުވި ގޮތުގައި އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނި މޮނިޓަރިންއަށްލީ ހިސާބުން ފެށި ކޮންޓެކްޓް ޓްރޭސީން ވެސް މިހާރު އޮތީ ނިމިފަ އެވެ.
"ދެން މިހާރު އެންމެ ބޮޑު އިސްކަމެއް މި ދެނީ ރެންޑަމް ސާމްޕަލް ނަގަން،" އޭނާ ވިދާޅުވި އެވެ. "ދެން ބަލީގެ ހާލަތު [އައްޑޫގައި] އޮތް މިންވަރެއް އެނގިގެން ދާނީ ރެންޑަމް ސާމްޕަލްތައް ނެގި އޭގެ ނަތީޖާ އަންނަ ގޮތަކުން. އަޅުގަނޑުމެން އުންމީދުކުރަނީ ހުރިހާ ނަތީޖާއެއް ވެސް ނެގެޓިވްވެގެން ދާނެ ކަމަށް.
ޑޮކްޓަރު ވިދާޅުވި ގޮތުގައި އައްޑޫގައި އާދީއްތަ ދުވަހު ރޭންޑަމް ސާމްޕަލް ނަގަން ފަށާފައި ވާއިރު އަމާޒަކީ 500 ސާމްޕަލް ނެގުމެވެ. އެކަމަކު އިތުރަށް ނަގަން ޖެހޭ ފަދަ ހާލަތެއް އޮތް ނަމަ އެކަން ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ރޭންޑަމް ސާމްޕަލްގެ ގޮތުގައި ވަނީ 280 ސާމްޕަލް ވަނީ ނަގައިފަ އެވެ.
އައްޑޫގައި މި ވަގުތު ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ ތިން މީހަކަށެވެ. އަދި އިތުރު ތިން މީހަކު ތިބީ އޮބްޒަވޭޝަނުގަ އެވެ.
އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން މި މަހުގެ 9 ގައި ހަފުތާއަކަށް މޮނިޓަރިންއަށް ލުމަށް ފަހު އެ މުއްދަތު މިއަދު ހަމަވުމުން ހަމަވުމުން މޮނިޓަރިންގެ ހާލަތު މިހާރު ވަނީ އަނެއްކާ ވެސް އިތުރު ހަތް ދުވަހަށް އިތުރުކޮށްފަ އެވެ.
މިކަމާ ގުޅިގެން މިރޭގެ ނޫސް ކޮންފަރެންސްގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ ކުރިއެކޭ އެއްގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައްޔިތުން ފިޔަވަޅުތަކަށް އަމަލުކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ. އައްޑޫގައި ދަނީ މި ބައްޔާ ގުޅިގެން ރޭގަނޑު ކާފިއު ވެސް ހިންގަމުންނެވެ.
"މިކަމުން ވީހާ ވެސް އަވަހަށް އަރައިގަނެވޭނީ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ވެސް ކޮށްގެން،" އޭނާ ވިދާޅުވި އެވެ.
މި މަހުގެ 1 އިން ފެށިގެން އައްޑޫގައި ކޮވިޑް ވެކްސިން ދެމުން އަންނަ އިރު މިއަދުގެ ނިޔަލަށް 2،340 މީހަކަށް ވެކްސިން ދީފައިވެ އެވެ. އަދި ވެކްސިން ދެވޭ އަދަދު ދުވާލަކަށް 1،000 އަށް އިތުރުކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އައްޑޫގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
އަމާޒަކީ އައްޑޫގެ ކޮންޓެކްޓް ޓްރޭސިން އަވަސްކުރުން
އައްޑޫން ކޮވިޑް ޖެހުނު އެންމެން ރަނގަޅުވެއްޖެ
އައްޑޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ވެއްޖެ
ކޮވިޑް-19: މީދޫގެ ހުރިހާ ގެއަކުން ސާމްޕަލް ނަގަނީ
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
އައްޑޫގެ ކޮވިޑްގެ ހާލަތު ރަނގަޅެއް ނުވޭ
އައްޑޫ ކޮވިޑް: މަރަދޫގެ ކޭސްތައް އިތުރުވަނީ