Roadha Mihaaru
"ދަގަނޑޭ އަށް ފުރުސަތު ނުދޭ ސަބަބެއް ނުވިސްނޭ"

ދަގަނޑޭ އަށް ފުރުސަތު ނުދޭ ސަބަބެއް ނުވިސްނޭ: އިމްރާން

17 އޯގަސްޓް 2019

ގައުމީ ޓީމަށް ނަގަން ވާނީ އެވަގުތެއްގައި އެންމެ ރަނގަޅަށް ޕާފޯމްކުރާ ކުޅުންތެރިން ކަމަށް ދެކޭ ކަމަށާއި އެ އުސޫލުން ބަލާއިރު މިދިޔަ ސީޒަނާއި މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ އަޝްފާގް (ދަގަނޑޭ) އަށް ގައުމީ ޓީމުން ޖާގަ ނުލިބެންވީ ސަބަބެއް ނުވިސްނޭ ކަމަށް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގައުމީ ޓީމަށް ނަގަން ވާނީ އެވަގުތެއްގައި އެންމެ ރަނގަޅަށް ޕާފޯމްކުރާ ކުޅުންތެރިން ކަމަށް ދެކޭ ކަމަށާއި އެ އުސޫލުން ބަލާއިރު މިދިޔަ ސީޒަނާއި މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ އަޝްފާގް (ދަގަނޑޭ) އަށް ގައުމީ ޓީމުން ޖާގަ ނުލިބެންވީ ސަބަބެއް ނުވިސްނޭ ކަމަށް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

ގައުމީ ޓީމަށް 2004 އިން ފެށިގެން ކުޅެމުން އަންނަ ރާއްޖޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަށް މިހާރުގެ ކޯޗު ޕީޓާ ސެގާޓް ޖާގަ ގެއްލުވާނީ މިދިޔަ އަހަރުގެ މެޗެއްގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުން ކަމަށް ބުނެ އެވެ.

އޭގެ ފަހުން ދޮޅު އަހަރުވެފައިވާ އަދިވެސް ދަގަނޑޭ އަށް ފުރުސަތެއް ނުދެ އެވެ. ކުރިއަށް އޮތް ވޯލްޑް ކަޕް/ އޭޝިއަން ކަޕް ކޮލިފިކޭޝާނުގެ ސްކޮޑުގައި ދަގަނޑޭ ނުހިމެނުމަށް ފަހު ސެގާޓް ދެއްކި އުޒުރަކީ އޭނާގެ އުމުރެވެ. ސެގާޓް ބުނަނީ ދަގަނޑޭގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަށް ކޮލިފިކޭޝަން ނިމޭއިރު 38 އަހަރުވާނެ ކަމަށާއި އެއީ މާ ދޮށީ އުމުރެއް ކަމަށެވެ. ސެގާޓް އެ އިޝާރާތްކުރީ ހަތަރު އަހަރު ފަހުން ގައުމީ ޓީމަށް ކުޅެން ތިބި ކުޅުންތެރިން ތަޖުރިބާކުރަން މި ފަހަރުގެ ކޮލިފިކޭޝަން ބޭނުންކުރަން އޭނާ ވިސްނާ ވިސްނުމަށެވެ.

އެއަށް ރައްދުދީ އިމްރާން ބުނީ ތަޖުރިބާ ހޯދަން ގައުމީ ސީނިއާ ޓީމު ބޭނުންކުރުމަށް ވުރެ އުމުރުފުރާގެ ޓީމު ތަޖުރިބާ ހޯދަން ބޭނުންކުރުން ރަނގަޅުވާނެ ކަމަށް ފެންނަ ކަމަށެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އާއްމު އުސޫލަކީ ވެސް ސީނިއާ ޓީމަކީ އެއިރެއްގައި ތިބޭ އެންމެ މޮޅު ކުޅުންތެރިންނާ އެކު ސީދާ ނަތީޖާ ނެރެން މުބާރަތްތަކަށް ގެންދާ ޓީމެކެވެ. ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދޭން ބޭނުންކުރަނީ 23 އަހަރުން ދަށުގެ ޓީމެވެ.

"ގައުމީ ޓީމަށް ނަގަންވާނީ އެވަގުތެއްގައި އެންމެ ރަނގަޅަށް ޕާފޯމްކުރާ ކުޅުންތެރިން ކަމަށް ދެކެން،" އިމްރާން ފޭސްބުކުގައި ލިޔެފައިވެ އެވެ.

2017 ވަނަ އަހަރު މާލޭގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގައި ބަންގްލަދޭޝް ޑިފެންޑަރެއް ކައިރިން ދަގަނޑޭ ދެމި ގަންނަނީ: އޭނާ އަކީ އަދިވެސް ދެކުނު އޭޝިއާގައި ހުރި އެންމެ އިތުބާރު އެއް ފޯވާޑް. --މިހާރު ފޮޓޯ: ނިޝާން އަލީ/ މިހާރު

2017 ވަނަ އަހަރު މާލޭގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގައި ބަންގްލަދޭޝް ޑިފެންޑަރެއް ކައިރިން ދަގަނޑޭ ދެމި ގަންނަނީ: އޭނާ އަކީ އަދިވެސް ދެކުނު އޭޝިއާގައި ހުރި އެންމެ އިތުބާރު އެއް ފޯވާޑް. --މިހާރު ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަގަނޑޭ ގައުމީ ޓީމަށް ނުނެގުމުގެ ފަހަތުގައި އެފްއޭއެމްގެ ނުފޫޒު އޮތް ކަމަށް ވެސް ވާހަކަދެކެވެ އެވެ. އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ މަގާމަށް ހޮވިވަވަޑައިގެންނެވި އިންތިހާބުގައި ދަގަނޑޭ ތާއީދުކުރީ ބައްސާމާ ވާދަވެރި ކެންޑިޑޭޓް އަދި ދަގަނޑޭއާ އެކު ކުރިން ގައުމީ ޓީމާއި ނިއު ރޭޑިއަންޓަށް ކުޅުނު އަހުމަދު ތޯރިގް (ޓޮމް) އަށެވެ.

ދަގަނޑޭ އާއި ޓޮމްއާ އެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އިމްރާން މިއަދު ބުނީ "ޒާތީ ވުމަކީ ވަރަށް ދެރަކަމެއް ކަމަށާއި އެހެން ކަންތައްތައް ކުރުމުން ހުރިހާ ގެއްލުމެއްވާނީ ދިވެހި ފުޓްބޯޅަ އަށް" ކަމަށެވެ.

"އަޝްފާގަކީ މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިޔާ އަދި މިހާރު ވެސް މޮޅަށް ކުޅެމުން ދަނީ. އެހެންކަމުން ގައުމީ ސްކޮޑުން އަޝްފާގަށް ޖާގަ ނުލިބެންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އުއްމީދަކީ އަޝްފާގް ގައުމީ ޖާޒީގައި ފެނުން،" އިމްރާން ބުންޏެވެ.

މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓާ އެކު މާލޭ ލީގު ކާމިޔާބުކޮށް ފަހުން ޓީސީ ސްޕޯޓްސް ކްލަބާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ދަގަނޑޭ "މިހާރު އެވޯޑްސް" ގައި ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތަފާތު ބޮޑުކޮށް ޕޮއިންޓް ހޯދައިގެންނެވެ. އަދި ރަންބޫޓް ވެސް ހޯދީ ވެސް ބޮޑު ފަރަގަކުންނެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި އިންޑިއާގެ ޗެމްޕިއަން އައިޒޯލް އަތުން މާލޭގައި ނިއު 3-1 އިން މޮޅުވި މެޗުގައި ހެޓްރިކް ހަދައިފަ އެވެ. އަދި އިންޑިއަން ސުޕަ ލީގުގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން މާލޭގައި ނިއު 2-0 އިން މޮޅުވި މެޗުގައި ވެސް ލަނޑު ޖެހި އެވެ.