އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާ ހިންގާ އިމާރާތުގައި ޕްލާސްޓިކް ބޭނުންކުރުން އަންގާރަ ދުވަހުން ފެށިގެން މަނާކޮށްފި އެވެ.
22 އޯގަސްޓް 2019
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާ ހިންގާ އިމާރާތުގައި ޕްލާސްޓިކް ބޭނުންކުރުން އަންގާރަ ދުވަހުން ފެށިގެން މަނާކޮށްފި އެވެ.
މިކަމާ ބެހޭ ގޮތުން ލޯކް ސަބާ ސެކްރެޓެރިއަޓުން ބުނީ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކާއި ޕްލާސްޓިކްގެ އެއްވެސް ބާވަތެއް ކުރިއަށް އޮތް ތަނުގައި ލޯކް ސަބާ އިމާރާތުގެ އެއްވެސް ތަނެއްގައި ބޭނުން ނުކުރެވޭނެ ކަމަށެވެ.
މި ނިންމުމާ އެކު ލޯކް ސަބާ ސެކްރެޓެރިއޭޓުން ބުނީ ޕްލާސްޓިކްގެ ބަދަލުގައި ދެން ބޭނުން ކުރަން ޖެހޭނީ އެއްފަހަރަށް ވުރެ ގިނައިން ބޭނުން ކުރެވޭ، ތިމާވެއްޓާ ރައްޓެހި އެއްޗެހި ކަމަށެވެ.
ލޯކް ސަބާގެ މި ނިންމުމަކީ ޕްލާސްޓިކާ ދެކޮޅަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ފައްޓަވާފައިވާ ކެމްޕޭނަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މި މަހުގެ 15 ވަނަ ދުވަހު ފާހަގަ ކުރި އިންޑިއާގެ 72 ވަނަ މިނިވަން ދުވަހު ގައުމާ މުޚާތަބު ކުރައްވައި މޯދީ ދެއްވި ތަގުރީގުގައި ވަނީ ޕްލާސްޓިކާ ދެކޮޅަށް އިންޑިއާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ގޮވާލައްވައިފަ އެވެ.
އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެ ގައުމުގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ 150 ވަނަ އުފަން ދުވަސް ފާހަގަކުރާ އިރު، އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްތަކެއް ކުރުމަށް ބޮޑުވަޒީރު އެދިވަޑައިގެންނެވި އެވެ. މޯދީ ވިދާޅުވި ގޮތުގައި މުޅި އިންޑިއާ އަމާޒުހިފަންވީ ޕްލާސްޓިކް ބޭނުން ނުކުރާ ގައުމަކަށް އެ ގައުު ހެދުމަށެވެ.
އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޕްލާސްޓިކް ކުނިބުނީގެ މައްސަލަ އެންމެ ބޮޑު އެއް ގައުމަކީ އިންޑިއާ އެވެ.
އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އިންޑިއާގައި މަނާކުރަނީ
އެމެޒޯން އިން ވެސް ޕްލާސްޓިކް ހުއްޓާލަނީ
އެއާ އިންޑިއާ ވެސް ޕްލާސްޓިކް މަނާކުރަނީ
ތާޖް މަހަލްގެ ނަކަލެއް ޕްލާސްޓިކް ފުޅިން ހަދަނީ
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ބަރަވެއްޔަށް ވެސް ޕްލާސްޓިކް ނޫން ގޮތެއް ބޭނުންވެއްޖެ
ޕްލާސްޓިކް ދިރާސާތަކުން ހައިރާންވާ ވަރުގެ އަދަދެއް!
ކެޔޮދޫ ސްކޫލުން 12،000 ކިލޯ ޕްލާސްޓިކް އެއްކޮށްފި
ކުޅިވަރަށް ހާއްސަ އުފެއްދުންތަކެއް ޕްލާސްޓިކް ފުޅިން