19 ސެޕްޓެމްބަރ 2016
މަޝްހޫރު މަޖައްލާ ކޮންޑެނާސްޓް ޓްރެވަލާއިން "ޝިކް ސްޓޭޒް"ގެ ނަމުން ފޮތެއް ޝާއިއުކުރި އިރު، އޭގައި އިނގިރޭސިވިލާތުގެ ސުޕަ މޮޑެލް ކޭޓް މޮސް، ރާއްޖެއާ ބެހޭ ގޮތުން ބުނެފައިވާ ބަސްކޮޅެއް ހިމަނާފައިވެ އެވެ.
މަޝްހޫރު މަޖައްލާ ކޮންޑެނާސްޓް ޓްރެވަލާއިން "ޝިކް ސްޓޭޒް"ގެ ނަމުން ފޮތެއް ޝާއިއުކުރި އިރު، އޭގައި އިނގިރޭސިވިލާތުގެ ސުޕަ މޮޑެލް ކޭޓް މޮސް، ރާއްޖެއާ ބެހޭ ގޮތުން ބުނެފައިވާ ބަސްކޮޅެއް ހިމަނާފައިވެ އެވެ.
ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވި ކޭޓް މޮސް އަކީ އަދިވެސް މަގުބޫލު ޓޮޕް މޮޑެލެކެވެ. މޮޑެލިންގެ ދުނިޔެއިން ކޭޓް ދުރުވެލަން ބޭނުންވުމުން ޒިޔާރަތް ކުރަނީ ރާއްޖެއަށް ކަމަށް އޭނާ ބުނެފައިވެ އެވެ.
"އަހަންނަށް ވަރަށް ކަމުދޭ ރާއްޖެ. އެތަނުގެ ރީތިކަން، އަމާންކަން އަދި ގުދުރަތީ ރީތިކަން، ޕްރައިވަސީ. ރާއްޖޭގެ ވިލުތަކާއި ކަނޑަކީ ދުނިޔޭގެ އެެހެން ދިމާލަކުން ފެންނާނެ ކަންކަމެއް ނޫން،" އާންމުކޮށް ރާއްޖެއަށް ޒިޔާރަތްކުރާ މޮޑެލް ބުނެފައިވެ އެވެ.
ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓް ކަމަށްވާ އަމިއްލަފުށީގައި ކޮންމެ ދުވަހަކު ފަރުމަސް އަދި ކަންނެލީގެ ސަޝިމީ އާއި ޓެމްޕުރާ ފަދަ އެކި ވައްތަރުގެ ސުޝީ ކާ ވާހަކަ ހިއްސާކުރި އެވެ. މޫދަށް އެރުމަށް ފަހު، ޒަމާނީ އަދި ބައިނަލްއަގްވާމީ ފެންވަރަށް ތައްޔާރުކޮށްފައިވާ ހުދު "ވިލާ" ގެސްޓު ރޫމްތަކުގައި އަމާންކަމާ އެކު އަރާމުކޮށްލެވޭ ވާހަކަ ވެސް ބުނެފައިވެ އެވެ.
ކޭޓް މޮސް، ކްރިސްޓިއާނޯ ރޮނާލްޑޯ، ޑޭވިޑް ބެކަމް ފަދަ މުއްސަނދި ސެލެބްރިޓީން ރާއްޖޭގެ ރިޒޯޓުތަކުގައި ޗުއްޓީ ހޭދަކުރުމަކީ ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. އެކަމަކު އެ މީހުންނަށް ރާއްޖެއިން ހޯދޭ ފަދަ އުފަލެއް ދިވެހިންނަށް ލިބުމަކީ ނާދިރު ކަމެކެވެ.
ދިވެއްސަކު މިސް ޔުނިވާސްގައި ބައިވެރިވެއްޖެ
ބެކަމްގެ ދޮށީ ދަރިފުޅަށް މިލިއަން ޕައުންޑްގެ ޑީލެއް
ސްޓީވް ޖޮބްސްގެ ހަގު ދަރިފުޅު މޮޑެލްއެއްގެ ގޮތުގައި
ބީބާގެ އަނބިމީހާއޭ ކިޔަސް މައްސަލައެއް ނެތް: ހޭއިލީ
ފޮޓޯޝޫޓަކަށް ވަގުތު ނުދީގެން ކެންޑަލްއަށް ދައުވާކޮށްފި
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް
ހުވާގެ ރަސްމިއްޔާތުން ކަމަލާގެ ދޮންދަރި މޮޑެލްއަކަށް
ކުރުނބާ އަށް ހާއްސަ އެވޯޑްތަކެއް ލިބިއްޖެ
ޕެރިސް ހިލްޓަން ވެސް އެމެރިކާގެ ރައީސް ކަމަށް؟
މުޒާހަރާ އަށް ތާއީދުކޮށް މޮޑެލްއަކު ދެ ލައްކަ ޑޮލަރު