26 އޯގަސްޓް 2019
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ލަފާދީފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ލަފާދީފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަލަށް އައްޔަންކުރާ ދެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޝުޖޫން އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް ކުރިން ވަނީ އެދިވަޑައިގެންފަ އެވެ. އަދި ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ވެސް ކުރިމަތިލެއްވި އެވެ.
ޖޭއެސްސީން ބުނީ އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން ކަނޑައަޅަން އެކުލަވާލި ކޮމެޓީން އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ނިިންމި ރިޕޯޓް އެ ކޮމިޝަނަށް ބަލައިގަނެ، އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސަށް ލަފާ ދެއްވުމަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ރައީސަށް މިހާރު މަޝްވަރާ ދެއްވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ހައި ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވެސް އެ މަގާމަށް ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންގެ އިތުރުން އަޒްމިރަލްދާ އާއި ޝުޖޫނާ ވެސް ޖޭއެސްސީން ރޭ ވަނީ އިންޓަވިއުކޮށްފަ އެވެ. ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން މި ހުރިހާ ބޭފުޅުންގެ ނަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ.
ސުޕްރީމް ކޯޓަށް އެ ބޭފުޅުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހަށް ރައީސް އެ ބޭފުޅުންގެ ނަންތައް ފޮނުވުމަށް ފަހު އެ މަޖިލީހުން ފާސް ކުރުމުންނެވެ. މިއީ ރާއްޖޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން އައްޔަންކުރާ ފުރަތަމަ ފަހަރެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީ އަށް
ސުޕްރީމް ކޯޓަށް އަޒްމިރަލްދާ އާއި ޝުޖޫން
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝުޖޫން
އަންހެން ދެ ފަނޑިޔާރުންނާ އެކު ތާރީޚީ ދުވަހެއް
އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކޮށްފި
ޝުޖޫނާއި އަޒްމިރަލްދާ އަށް މަޖިލިހުން ރުހުން ދީފި
ޝުޖޫނާއި އަޒްމިރަލްދާއާ މެދު ގޮތެއް ނިންމުން މާދަމާ
ޝުޖޫނާއި އަޒްމިރަލްދާ އަށް ކޮމިޓީން ރުހުން ދީފި
ފަނޑިޔާރު މައްސަލާގައި މުހިންމީ ފިގުހުގެ ބަސް: ނަޝީދު
އަންހެނުންނަށް ފުރުސަތު ދޭން ތެދުވަންޖެހޭ: ރޮޒެއިނާ