31 އޯގަސްޓް 2019
ރަށްރަށް ތަރައްގީ ކުރަން އެކުލަވާލައި ކުރަހައިގެން މިހާރު ގެންގުޅޭ ތަސައްވުރުތައް ރަނގަޅު ނޫން ކަމަށާއި އެ "މޮޔަ" ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރަށްރަށް ތަރައްގީ ކުރަން އެކުލަވާލައި ކުރަހައިގެން މިހާރު ގެންގުޅޭ ތަސައްވުރުތައް ރަނގަޅު ނޫން ކަމަށާއި އެ "މޮޔަ" ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ހުރަވީ ސްކޫލުގައި އެމްޑީޕީން ފެށި ޒުވާންގެ ކޮންފަރެންސްގައި ނަސޭހަތެއް ދެއްވުމަށް ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ ގިނަ މީހުން މިހާރު ގެންގުޅޭ ރަށު ތަރައްގީގެ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށެވެ. ނަޝީދު ވިސްނަވައި ދެއްވަން ބޭނުންފުޅުވަނީ ތަރައްގީއަކީ އަޅާ އިމާރާތްތަކެއް ނޫން ކަމެވެ.
"ވަރަށް ގިނައިން ފެނޭ އެއްކައިރީގައި އެއާޕޯޓެއް އަޅާލާފައި، ރަށްރަށް ހިއްކާލާފައި. މާރީތި ކުރެހުމެއް ކުރަހާލާފައި އޮންނަ ރަށު ތަރައްގީގެ ތަސައްވުރެއް. އަނެއްކާވެސް ދަންނަވާލާނީ އެއީ ތަރައްގީއެއް ނޫނޭ. އެއީ ބޮޑު އޮޅުމެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އިންނެވި ހަފްލާގައި ނަޝީދު ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ނަޝީދު ދެއްކެވީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހުޅުލޭގައި އެޅުއްވި އެއާޕޯޓެވެ. އޭރު މާލޭގެ ބައެއް އިސް ބޭފުޅުން އެ އެއާޕޯޓް މާލޭގައި އަޅަން ނާސިރަށް ލަފާ ދެއްވި ކަމަށާއި އޭރު މާލޭގައި ބިން ވެސް އޮތް ކަމަށް ވިދާޅުވި އެވެ. އަދި އެ ލަފަޔާ އެގޮތަށް ނާސިރު އަމަލު ކުރެއްވި ނަމަ މިއަދުގެ ހާލަތާ މެދު ވިސްނާލުމަށް ނަޝީދު އެދިވަޑައިގަތެވެ.
އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދާއި އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހދ. ކުޅުދުއްފުށީގައި އަޅާފައިވާ އެއާޕޯޓާއި ހއ. ހޯރަފުށީގައި އަޅަމުން އަންނަ އެއާޕޯޓްގެ ނަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ "އެއީ މޮޔަ ކަމެއް" ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ ހަގީގީ ތަރައްގީ ހޯދަން ކަމަށް ވިދާޅުވި އެވެ.
"ތަރައްގީއަކީ ތިމާޔަށް ވާ ގޮތެއް، ތިމާޔަށް އަންނަ ބަދަލެއް. އެއީ ބޮޑު ހިލަ ބަނދަރެއް ނޫން. އެއީ ރަށުގެ އެއްކައިރީގައި އޮންނަ އެއާޕޯޓެއް ނޫން،" ސަރުކާރުގެ އިސް ވެރިން ވެސް ތިއްބެވި ހަފްލާގައި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ގިނަގުނަ ވަސީލަތްތައް އެބަހުރި ކަމަށާއި އަދި މި ގައުމު ކުޑަ ނޫން ކަމަށެވެ.
"ރަނގަޅު ފީފީއަކަށް ކަޅުބިލަ މަސް އަޅައިފިއްޔާ ޑީސަލަށް ވުރެ އަގު ރަނގަޅު. އަޅުގަނޑުމެންގެ ގޮނޑުދޮށްތަކުގައި މީހުން އޮންނަން ވެގެން އަބަދު އަބަދު އަންނަން އެ އުޅެނީ. ހެސްކިޔާފައި ލާރި ދީގެން،" ރާއްޖެއާ މެދު އުއްމީދު އެބަ އޮތް ކަމަށް އިޝާރަތްކުރައްވައި، ވިދާޅުވި އެވެ.
އެމަނިކުފާނު އެދިވަޑައިގަތީ ތަރައްގީގެ ނަމުގައި ރާއްޖޭގެ ވަސީލަތްތައް ހަލާކު ނުކުރުމަށެވެ.
ރައްޔިތުންނާ ބައްދަލު ކުރުމުން ރަށްރަށުގައި އެއާޕޯޓް އަޅައިދޭން އެދެމުން ދާތީ ނަޝީދު ވަނީ ކުރިން ވެސް އެކަންކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ރަނގަޅު ފެރީގެ ނިޒާމަކާއި ރާއްޖެއާ ގުޅޭ ތަރައްގީތައް ގެނައުން މާ މުހިންމު ކަމަށް ވިދާޅުވެ އެވެ.
ކުޅުދުއްފުށީގެ އާ ހޮސްޕިޓަލް އަޅަނީ ކުވެއިތު ފަންޑުން
މަޝްރޫއުތައް ލަސްވަނީ ކޯލިޝަނާ ހެދި: ނަޝީދު
އިބޫއާ އެކު އުދާސްތައް ފިލައިފި، ކެމްޕޭން ކުރަންވީ: ރައީސް
ގޯސްތައް ދައްކަވައި އަމްރު ވިދާޅުވީ އިސްލާހުނުވި ކަމަށް
ކުރިން ނުކޮށްދެވޭ ވަރުގެ މަސައްކަތް ކުރެވިއްޖެ: ރައީސް
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
އަހުދުގެ މަތީގައި ދެމިހުންނެވީ ރައީސް އެކަނި: އަސްލަމް
ނަޝީދު އެންމެފަހުން ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފި
ސަރުކާރުން ލަފާކުރާ ވަރުގެ ތާއީދެއް ނެތް: ނަޝީދު