22 ޖެނުއަރީ 2020
ސަރުކާރުގެ މަޝްރޫތައް ލަސްވަނީ ވެރިކަން ކުރާ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ތުހުމަތު ކުރައްވައިފި އެވެ.
ސަރުކާރުގެ މަޝްރޫތައް ލަސްވަނީ ވެރިކަން ކުރާ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ތުހުމަތު ކުރައްވައިފި އެވެ.
ކ. ގުރައިދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، މި ސަރުކާރުން މަޝްރޫތައް ހިންގަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުޅުއްވަން ޖެހިވަޑައިގަންނަވާ ގޮތް ބައެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. މިއީ ކޯލިޝަން ސަރުކާރަކަށް ވާއިރު ބައެއް ވުޒާރާތަކާއި ކުންފުނިތަކުގައި ތިއްބެވީ އެމްޑީޕީގެ މެމްބަރުން ނޫން ކަމަށާއި އެކަމުގެ ސަބަބުން ރައީސާއި އެމްޑީޕީން ބޭނުންވާ ގޮތަށް ކަންކަން ހިނގަމުން ނުދާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ މަޝްރޫއުތަކަށް، މި ޕާޓީގެ އަމާޒުތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަށް ވަރަށް ގިނަ ފަހަރަށް ހުއްޓުން އާދޭ. ވަރަށް ގިނަ ފަހަރަށް ހުރަސް އާދޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް ނަޝީދު އެހެން ވިދާޅުވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ފުރިހަމަ އިތުބާރު ވަޒީރުންނަށް އޮންނަ ކަމަށެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު ކޯލިޝަން ހެދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާތަނަށް ވިދާޅުވަނީ ކޯލިޝަން ދަމަހައްޓަވާނެ ކަމަށެވެ. ކޯލިޝަންގެ ތެރޭގައި އެއްވެސް ހިތްހަމަނުޖެހުމެއް އޮތް ކަމަށް ވެސް އެމަނިކުފާނު އަދި ވިދާޅެއް ނުވެ އެވެ.
"ފެނިވަޑައިގަންނަވަންޏާ އެ މީހަކު ހޯދައިގެން ގެންނަންވީ އަޅުގަނޑުމެންގެ ކައިރި އަށް. ބަލި ކޮށްލާނަން. އިރާދަކުރެއްވިއްޔާ ބޮޑުތަނުން ބަލި ކޮށްލާނަން. ވަރަށް ބޮޑުތަނުން ބަލި ކޮށްލާނަން،" ނަޝީދު
ކޮންމެ ފަހަރަކު ވެރިކަމަށް ވަޑައިގަތުމަށް އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެއްދެވުމަށް ފަހު، އެ ކޯލިޝަނާ ދެކޮޅަށް ވާހަކަ ދައްކަވާ ނަޝީދު މިރޭ ވިދާޅުވީ، ރައީސް ކަންކަން ކުރައްވަން ބޭނުންފުޅުވާ ގޮތާއި މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުން ބޭނުންފުޅުވާ ގޮތާ ހިޔާލު ތަފާތުވުމަކީ ކަންކަން ލަސްވަން މެދުވެރިވާ ސަބަބު ކަމަށެވެ.
"ރައީސަށް އެބަ ޖެހިވަޑައިގަންނަވާ ކޮންމެ ކުންފުންޏެއްގައި ހުންނަ ކޮންމެ ކާތިބަކަށް ވެސް. ކޮންމެ ޕިޔޯނަކަށް ވެސް. މަސައްކަތު މީހަކަށް ވެސް އަނެއްކާވެސް އިތުރު އިރުޝާދެއް ދެއްވަން،" މަޝްރޫތައް ލަސްވާ ސަބަބު ނަޝީދު ވިދާޅުވެ ދެއްވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ މަޝްރޫއުތަކަށް، މި ޕާޓީގެ އަމާޒުތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަށް ވަރަށް ގިނަ ފަހަރަށް ހުއްޓުން އާދޭ. ވަރަށް ގިނަ ފަހަރަށް ހުރަސް އާދޭ،" ނަޝީދު
އެ ސަބަބުތަކާ ހެދި ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަނޑައަޅަންވީ އެމްޑީޕީގެ ފިކުރު ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ ޕާޓީގެ ހަމައެކަނި މަގުސަދަކީ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅު ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނު ހުންނެވީ "ދަތުރަށް އަރަ" އެވެ. އަދި ވިދާޅުވީ އެ ދެ ބޭފުޅުން މޮޅުވާނެ ކަމަށާއި ވާދަ ކުރެވޭނެ ސިޔާސީ ޕާޓީއެއް ވެސް ލީޑަރެއް ވެސް ރާއްޖޭގައި ނެތް ކަމަށެވެ.
"ފެނިވަޑައިގަންނަވަންޏާ އެ މީހަކު ހޯދައިގެން ގެންނަންވީ އަޅުގަނޑުމެންގެ ކައިރި އަށް. ބަލި ކޮށްލާނަން. އިރާދަކުރެއްވިއްޔާ ބޮޑުތަނުން ބަލި ކޮށްލާނަން. ވަރަށް ބޮޑުތަނުން ބަލި ކޮށްލާނަން،" ފޯރީގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
ތަރައްގީ ގެންނަން ރަށްރަށަށް ބޮޑުހިލަ ފަދަ ތަކެތި ކިތަންމެ ވަރަކަށް ވެސް ގެންދެވިދާނެ ކަމަށާއި އެކަމަކު ހަގީގީ ތަރައްގީ އަކީ އެއީ ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ކުޑަކުދިންނާއި އާއްމު ރައްޔިތުންނަށް އަމާން މުޖުތަމައެއް ލިބުން ކަމަށާއި މި ސަރުކާރުން އެކަން ކޮށްދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމަށް ފާޑުވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމް "އުލުބައިންދާ" ފައިވާ ކަމަށެވެ. އެގޮތުން ކައުންސިލަރުން ހައްޔަރުކޮށް ކައުންސިލްތަކާ މެދު އެ ސަރުކާރުން ފިޔަވަޅު އަޅާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ޔާމީން މަސައްކަތްޕުޅު ކުރެއްވީ މާލެ ތޮއްޖައްސައި ރަށްރަށް ފަޅު ކުރަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ރައީސް ޔާމީނާއި ޕީޕީއެމްގެ ހިޔާލަކަށް ވީ މި ރަށް [ކ. ގުރައިދޫ] ފަޅު ކުރުން. ހުޅުމާލޭގައި ހަނަފަސް ބިމެއް ހިއްކައިފައި ހަތަރެސްކަން ގޮޅިއަކަށް ހުރިހާ ރަށްރަށެއްގެ މީހުން ގެންގޮސް އެޅުން. އަޅާފައި މި ތަންތަން ޓޫރިސްޓުންނަށް ބިޑަށް ދިނުން،" ނަޝީދު ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އާ ހޮސްޕިޓަލް އަޅަނީ ކުވެއިތު ފަންޑުން
ޝިޔާމްގެ ރާގު ބަދަލުވެ އެމްޑީޕީ މެމްބަރުންނަށް ސުވާލެއް
ރަށު ތަރައްގީއަށް ގެންގުޅެނީ "މޮޔަ ވިސްނުމެއް":ނަޝީދު
ސާބިތުކަމާ އެކު ރައީސް ހުންނަވާނެކަން ޔަގީން: ގާސިމް
ގޮތް ހުސްވީ ރައީސަށް ވެސް ހައްލު ހޯދައި ނުދެވުމުން: ގާސިމް
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން: އަދާލަތު
ގާސިމް، ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލައިފި
އިބޫއާ އެކު އުދާސްތައް ފިލައިފި، ކެމްޕޭން ކުރަންވީ: ރައީސް
އެމްޑީޕީއަކީ ވަކި ބޭފުޅެއް ނޫން ކަން ދައްކައިފި:ނާޝިޒް
ގޯސްތައް ދައްކަވައި އަމްރު ވިދާޅުވީ އިސްލާހުނުވި ކަމަށް