Roadha Mihaaru
ގައުމީ ގުރުއާން މުބާރާތް ފަށައިފި

ގައުމީ ގުރުއާން މުބާރާތް 1،200 އަށް ވުރެ ގިނަ ބައިވެރިންނާއެކު ފަށައިފި

01 ސެޕްޓެމްބަރ 2019

ގައުމީ ގުރުއާން މުބާރާތް 1،200 އަށްވުރެ ގިނަ ބައިވެރިންނާއެކު ރޭ ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައުމީ ގުރުއާން މުބާރާތް 1،200 އަށްވުރެ ގިނަ ބައިވެރިންނާއެކު ރޭ ފަށައިފި އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ދިވެހިންނަކީ ގުރުއާނަށް އެހާ ލޯބިކުރާ ބަޔަކަށް ވިއަސް ރަމަޟާން މަހު ހާފިޒުންނާއި ގާރީން ގެންނަންޖެހެނީ އެކި ގައުމުތަކުން ކަމަށެވެ. އެހެންވެ އެކަމަށް ފުންކޮށް ވިސްނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގުރުއާން ކިޔެވުމުގައި ދުނިޔޭގެ ނިސްބަތުން ރަން ވަނަަ ހޯދާފައިވާ މީހުން ރާއްޖޭގައި އެބަ ތިބި ކަމަށެވެ.

މަސައްކަތްކޮށްފި ނަމަ ހާފިޒުންނާއި ގާރިން ބޭރުން ނުގެނެސް އަމިއްލައަށް ހަމަޖެއްސޭނެ ކަމަށާއި އެހެންވެ ރަނގަޅު ޕްލޭނަކާއެކު އެކަން ފުރިހަމަކުރަން މަސައްކަތްކުުރުމަށް ނައިބު ރައީސް ވަނީ ސްކޫލުތަކަށް ގޮވާލައްވައިފަ އެވެ.

ގައުމީ ގުރުއާން މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅުދައްކަވަނީ .-- ފޮޓޯ: ރައީސް އޮފީސް

ގައުމީ ގުރުއާން މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅުދައްކަވަނީ .-- ފޮޓޯ: ރައީސް އޮފީސް

"ގުރުއާން އެކަނި ކިޔަވައިގެން ނުފުދޭ. އެބަޖެހޭ ގުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލުތައް ބަހައްޓަން. ގުރުއާން ރަނގަޅަށް ބަލައި އޭގެ މާނަ ރަނގަޅަށް ކިޔާ ބަޔަކަށް ހެދުމަށް ދަރިވަރުން ހަދަން މަސައްކަތްކުރަންޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ގުރުއާނަކީ މަރަށް ތައްޔާރުވުމުގެ ހައްލުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ސީދާ މަގުން ދިއުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި ކިޔެވި ދާއިރާއަކުން ގައުމަށް ހިދުމަތްކުރަން އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަނީ ހެޔޮލަފާ ޖީލެއް ބިނާކޮށް ދަރިންތަކެއް ތަރުބިއްޔަތުކުރުމުގެ މަސައްކަތް ކަމަށެވެ.

އޭނާ ވިދާޅުވީ އެއް ބަޔަކު މަސައްކަތްކޮށްގެން ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތެއް ނުކުރެވޭނެ ކަމަށެވެ. އެކަން ކުރެވޭނީ މުޖުތަމައުގައި ހިމެނޭ ހުރިހާ ބާވަތެއް އެކުވެގެން ކަމަށާއި އޭރުން ހެޔޮލަފާ ޖީލެއް ބިނާކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ގައުމީ ގުރުއާން މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ގައުމީ ގުރުއާން މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސްކޫލުގައި ކިޔަވައިދޭ އެއްޗިއްސާއި ގެއިން މަންޒަރު ތަފާތު ނަމަ، ތައުލީމަކުން ފުރިހަމަ ފައިދާއެއް ނުކުރާނެ. ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުރިހަމަ ފައިދާކުރާނީ ދޭ ނަސޭހަތާއި ފެންނަ މަންޒަރާއި އަޑު އެއްގޮތް ވެގެން ކަމަށެވެ.

މިފަހަރުގެ މުބާރާތް ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިފަ އެވެ. އެއީ އާންމު ކެޓަގަރީ އާއި ސްކޫލް ދަރިވަރުންނަށް ހާއްސަ ކެޓަގަރީގެ އިތުރުން ހާފިޒުންނަށް ހާއްސަ ކެޓަގަރީ އެވެ. ހާފިޒުންގެ ކެޓަގަރީ ފިޔަވައި ދެން ހުރި ކެޓަގަރީތައް ވަނީ ބަލައިގެން ކިޔަވާ ކެޓަގަރީ އާއި ހިތުން ކިޔަވާ ކެޓަގަރީއަކަށް ބަހާލައިފަ އެވެ. އަދި ސްކޫލު ކުދިންގެ ކެޓަގަރީ ފަސް ކީ ސްޓޭޖަކަށް ބަހާލާފައި ވެ އެވެ.

އާންމުކޮށް ހުޅުވާލާފައިވާ ކެޓަގަރީގައި ކުންފުނިތަކާއި މުއާސަސާތަކަށް ވެސް ބައިވެރިވެވޭނެ އެވެ.