Roadha Mihaaru
ވިންޑޯޒް 10ގެ ސްޓާޓް މެނޫ ބަދަލުކުރަނީ

ވިންޑޯޒް 10ގެ ސްޓާޓް މެނޫ ބަދަލުކުރަނީ

03 ސެޕްޓެމްބަރ 2019

މައިކްރޮސޮފްޓުން ވިންޑޯޒް 10 އާ މެދު ދެކޭ ގޮތަށް ބަލާއިރު، އެ ނަން ދަމަހައްޓާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، ބޭނުންކުރާ މީހުންނަށް ލުއިފަސޭހަ އަދި ބަލައިލަން ރީތި އޮޕަރޭޓިން ސިސްޓަމެއް ގޮތުގައި ބެލެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓުން ވިންޑޯޒް 10 އާ މެދު ދެކޭ ގޮތަށް ބަލާއިރު، އެ ނަން ދަމަހައްޓާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، ބޭނުންކުރާ މީހުންނަށް ލުއިފަސޭހަ އަދި ބަލައިލަން ރީތި އޮޕަރޭޓިން ސިސްޓަމެއް ގޮތުގައި ބެލެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެ އެވެ.

ވިންޑޯޒް 10 އަށް ކަނޑައަޅާފައި ހުރި ރީތި ސިފަތަކުގެ ތެރޭގައި "ސްޓާޓް މެނޫ" ބަދަލުކުރުމަކީ އޮތް ބޮޑު މަސައްކަތެކެވެ. ވިންޑޯޒް 10 ބޭނުންކުރާ މީހުން ގަބޫލުކުރާ ގޮތުގައި، :"ލައިވް ޓައިލް އިންޓަފޭސް" މިހާރު ދޫކޮށްލަންވެއްޖެ އެވެ. އެހެންކަމުން، ވިންޑޯޒް 10 ސްޓާޓް މެނޫ ދެން ހުންނާނެ ގޮތަކާ މެދު މި އޮތީ ބަހުސެއް ފެށިފަ އެވެ.

ލައިވް ޓައިލް އިންޓަފޭސް ދޫކޮށްލުމަށް ފަހު، ސްޓާޓް މެނޫ ބަދަލުވާނެ ގޮތުގެ ޑިޒައިންތަކެއް ޓްވީޓާ އަށް ލީކުވެފައި ވީ ނަމަވެސް ގިނަ ބަޔަކަށް އަދި ނުފެނެ އެވެ. މީގެ ބައެއް ޑިޒައިންތައް ވިންޑޯޒް 10 ގައި ހިމަނާފައި ވި ނަމަވެސް، ގިނަ މީހުންނަށް ކަމުނުދާ ކަމަށް ވެ އެވެ. ވިންޑޯޒް 10 އަށް މިހާރު އަންނަ އަޕްޑޭޓްތަކުގައި، ޓައިލް މެނޫ ބަދަލުވެފައި ހުރުން އެކަށީގެންވެ އެވެ.

ވިންޑޯޒް 10ގެ ސްޓާޓް މެނޫ މުޅިން ބަދަލުކުރަން އެދި ބޭނުންކުރާ މީހުން ގޮވާލާ ގޮވާލުމަށް މައިކްރޮސޮފްޓުން އިޖާބަދީފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. މަތީގައި އެ ވަނީ، ޓައިލް މެނޫ ދޫކޮށްލާ ނަމަ ދެން ހުންނާނެ ގޮތް ކަމަށް ބުނާ ޑިޒައިނެކެވެ. އެހެން ނަމަވެސް، "މި ކަން ވާނީ ކޮން ޒަމާނަކުން ބާއޭ" އަކީ އަދި ވެސް އޮތް ބޮޑު ސުވާލެކެވެ.