Roadha Mihaaru
ވިންޑޯޒް 7ގެ އުމުރު ހަމަވެއްޖެ

ވިންޑޯޒް 7ގެ އުމުރު ހަމަވެއްޖެ، އެކަމަކު އަދި ވެސް ބޭނުންކުރެވޭ ހާލަތުގައި

18 ޖެނުއަރީ 2020

ވިންޑޯޒް 7ގެ އުމުރު ހަމަވެއްޖެ އެވެ. އެކަމަކު ޒަމާނެއް ނުދެ އެވެ. ދުޅަހެޔޮ ހާލަތުގައި، ބޭނުން މީހަކު ބޭނުންކުރަންވީ އެވެ. އެކަމަކު، ވިސްނާލަންޖެހޭ ކަމެއް އެބަ އޮތެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވިންޑޯޒް 7ގެ އުމުރު ހަމަވެއްޖެ އެވެ. އެކަމަކު ޒަމާނެއް ނުދެ އެވެ. ދުޅަހެޔޮ ހާލަތުގައި، ބޭނުން މީހަކު ބޭނުންކުރަންވީ އެވެ. އެކަމަކު، ވިސްނާލަންޖެހޭ ކަމެއް އެބަ އޮތެވެ.

މައިކްރޮސޮފްޓުން ވިންޑޯޒް 7 އަށް ސަޕޯޓްދިނުން ހުއްޓާލައިފި އެވެ. މިކަން މި ގޮތަށް ވާނެކަން، ކުރިއާލައި މައިކްރޮސޮފްޓުން އޮތީ އިއުލާންކޮށްފަ އެވެ. ވިންޑޯޒް 7 އަށް ކަމެއް ކޮށްދިނުމަށް އެ ކުންފުނިން ކަނޑައެޅި އެންމެ ފަހު ތާރީޚަކީ، ޖެނުއަރީ 14، 2020 އެވެ.

ވިންޑޯޒް 7 އަށް މައިކްރޮސޮފްޓުން އަޅާނުލައިފި ނަމަ އޮތް ބިރަކީ، ވިންޑޯޒް 7 ބަލިކަށިވުމެވެ. ވިންޑޯޒް 7 ބޭނުންުރާ ކޮމްޕިއުޓަރުތަކަށް ހަމަލާދިނުމަށް ހެކަރުން އުފައްދާ ވައިރަސް އަދި ޑިޖިޓަލް ސޫފިތައް ސައްލާކޮށް އުފާކުރާ މައިދާންތަކަކަށް އެ ކޮމްޕިއުޓަރުތައް ބަދަލުވުމެވެ. މައިކްރޮސޮފްޓުން ވިންޑޮޒް 7ގެ ސެކިޔުރިޓީ ބަލަހައްޓައި ދިންއިރު، ވައިރަހެއް އަދި ބަލިކަށިކަމެއް ހަމަ ފެންނައިރަށް، އެ ކަމަކުން ރައްކާތެރިވުމަށް ޕެޗްއަޅައިދިނެވެ.

މައިކްރޮސޮފްޓުން ވިންޑޯޒް 7 ބަލަހައްޓައިނުދިން ނަމަވެސް، ޒަމާންތަކެއް ވަންދެން ވިންޑޯޒް 7 އަދި ވެސް ބޭނުންކުރެވޭނެ އެވެ. ޔޫއެސްބީ ޑްރައިވް ފަދަ އުފުލާ ގެންގުޅެވޭ ލުއި ޑްރައިވްތައް ވިންޑޯޒް 7 ކޮމްޕިޔުޓަރާ ގުޅުވާލާއިރު ސަމާލުވުމުން ރައްކާތެރިވެވުނީ އެވެ. އެހެން ނަމަވެސް، އޮޕަރޭޓިން ސިސްޓަމެއް އުފައްދައި ބަލަހައްޓައިދޭ ބައެއްގެ އެހީތެރިކަމާ ނުލައި، މި ކަހަލަ ޒަމާނެއްގައި ކޮމްޕިޔުޓަރަކަށް ސަލާމަތެއް ނެތެވެ.

ވިންޑޯޒް 7 އަށް މައިކްރޮސޮފްޓުން ސާވިސް ހުއްޓާލުމުން ދެން އޮތީ ވިންޑޯޒް 10 އަށް ބަދަލުވުމެވެ. އަހަރެމެންނަނަކީ އަބަދު ވެސް އެންމެ ފަހުގެ އާލާތްތަކަށް ލޯބުކުރާ ބަޔަކަށް ވާތީ، އަހަރެމެންގެ ތެރޭގައި ވިންޑޯޒް 7ގެ އާބާދި މަދުވާނެ ކަމަށް ބެލެވެ އެވެ. ސަރުކާރުގެ އޮފީސްތަކުން އަދި ބައިއަޅާ ކުްނފުނިތަކުން ވެސް މިހާރު އުޅޭނީ ވިންޑޯޒް 10 އަށް މުޅިން ބަދަލުވުމުގަ އެވެ.