Roadha Mihaaru
މައިކްރޮސޮފްޓް ވިންޑޯޒް ފޯން ހުއްޓާލަނީ

މައިކްރޮސޮފްޓް ވިންޑޯޒް ފޯން ހުއްޓާލަނީ

02 މެއި 2017

މައިކްރޮސޮފްޓުން ރަސްމީކޮށް އަދިވެސް މި ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ވިންޑޯޒް ފޯން ދެން ކުރިއަށް ނުގެންދާނެ ކަމަށް ހެކިދޭ ކިތަންމެ އަލާމާތެއް ކުންފުނި ތެރެއިން ދަނީ ފެންނަމުންނެވެ. ދިރާސާކުރާ މީހުން ދައްކާ ހެކިތަކުގެ ތެރޭގައި، މައިކްރޮސޮފްޓް އިންވެސްޓްމަންޓް ލިސްޓަގްއި ވިންޑޯޒް ފޯން ނެތުން ހިމެނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓުން ރަސްމީކޮށް އަދިވެސް މި ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ވިންޑޯޒް ފޯން ދެން ކުރިއަށް ނުގެންދާނެ ކަމަށް ހެކިދޭ ކިތަންމެ އަލާމާތެއް ކުންފުނި ތެރެއިން ދަނީ ފެންނަމުންނެވެ. ދިރާސާކުރާ މީހުން ދައްކާ ހެކިތަކުގެ ތެރޭގައި، މައިކްރޮސޮފްޓް އިންވެސްޓްމަންޓް ލިސްޓަގްއި ވިންޑޯޒް ފޯން ނެތުން ހިމެނެ އެވެ.

އިންވެސްޓްމަންޓް ލިސްޓްގައި ނެތް ނަމަ، މާނާ އަކީ އެ ކަމެއް ދެން އިތުރަށް ކުރި އަށް ނުގެންދާނެ ކަމެވެ. އެ ކަމެއް ތަރައްގީކުރުމަށް ކުންފުނިން އެއްވެސް ވަރަކަށް ހޭދަނުކުރާނެ ކަމެވެ.

ވިންޑޯޒް ފޯން ހުއްޓާލުމަކީ މައިކްރޮސޮފްޓަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. ޒަމާންތަކެއް ވަންދެން އެ އެއްޗެއްގައި އޮޅުލައި، ބޮޑު ޚަރަދުކޮށް ދެމެހެއްޓޭތޯ ކުރި އެއްވެސް މަސައްކަތެއްގައި ހަރުދަނާ ކުލައެއް ނުޖެހުނެވެ.

މައިކްރޮސޮފްޓް އިން ވިންޑޯޒް ފޯނަށް ޚަރަދު ނުކުރި ނަމަވެސް، އެ ކުންފުނިން ދޫކުރާ ލައިސަންސެއްގެ ދަށުން، އެ އޮޕަރޭޓިން ސިސްޓަމަށް ސްމާޓްފޯން އުފެއްދުމަކީ އެހެން ކުންފުންޏަކަށް ކުރެވިދާނެ ކަމެކެވެ. މިއީ ވެސް މައިކްރޮސޮފްޓުން ދެއްކި ވާހަކައެއް ނޫނެވެ. އެކަމަކު ވިންޑޯޒް ފޯން އުފައްދާ ހިތުން އުޅޭ ބަޔަކު ވަނީ މި ވާހަކަ އިންޓަނެޓަށް އަރުވާފަ އެވެ.

ވިންޑޯޒް ފޯން ދޫކޮށްލައި މައިކްރޮސޮފްޓުން އެހެން ދިމާއަކަށް ނަޒަރުހިންގަން ފެށުމަކީ ވެދާނެ ކަމެކެވެ. ބެލެވޭ ގޮތުގައި ޗިޕް އުފައްދާ ކުންފުނިތަކެއްގެ އެހީގައި، ޚާއްސަކޮށް "އާމް ހޯލްޑިންގްސް"ގެ އެހީތެރިކަމާ އެކު ވިންޑޯޒް 10 އަށް ހާޑްވެއާ އުފެއްދުމުގައި މައިކްރޮސޮފްޓް އަވަދިނެތި އުޅެގެންފާނެ އެވެ.

މައިކްރޮސޮފްޓުން އާމް ހޯލްޑިންގްސްއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމް ކާމިޔާބުވެއްޖެ ނަމަ، އުފަންވާނެ ކަމަށް ބެލެވެނީ ވިންޑޯޒް 10ގެ ތަފާތު ދަރިފަސްކޮޅެކެވެ. އޭގެ ތެރޭގައި ލުއި ލެޕްޓޮޕް، ޓެބްލެޓް އަދި އާ ޖީލެއްގެ ސްމާޓްފޯންތައް ވެސް ހިމެނެ އެވެ. މިއީ އަދި އެކަމަކު ތުންތުންމަތިން ދެކެވޭ ވާހަކައެކެވެ.