Roadha Mihaaru
ބޮޑު ފަސް ލީގުން ހަ ބިލިއަން ޑޮލަރު ހޭދަކޮށްފި

ބޮޑު ފަސް ލީގުން ކުޅުންތެރިން ގަންނަން ހަ ބިލިއަން ޑޮލަރު ހޭދަކޮށްފި

04 ސެޕްޓެމްބަރ 2019

ލަންޑަން (ސެޕްޓެމްބަރު 4) – ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ކްލަބްތަކުން ނިމިގެން ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ހަ ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވާ ކަމަށް މާލީ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޑެލޮއިޓުން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (ސެޕްޓެމްބަރު 4) – ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ކްލަބްތަކުން ނިމިގެން ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ހަ ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވާ ކަމަށް މާލީ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޑެލޮއިޓުން ބުނެފި އެވެ.

މިއީ އެންމެ ވަރުގަދަ ފަސް ލީގުގެ ގޮތުގައި ބަލާ އިންގްލެންޑް، ސްޕެއިން، އިޓަލީ، ޖަރުމަން އަދި ފްރާންސް ލީގުގެ ކްލަބްތަކުން މިދިޔަ އަހަރު ހަރަދުކޮށްފައިވާ އަދަދަށް ވުރެ 900 މިލިއަން ޑޮލަރުގެ އިތުރުވުމެވެ.

އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ، ދުނިޔޭގެ އެންމެ މަޝްހޫރު ލީގު ކަމަށްވާ އިންގްލިޝް ޕްރިމިއާ ލީގުގެ ކްލަބްތަކުންނެވެ. އެއީ 1.7 ބިލިއަން ޑޮލަރެވެ. އެންމެ އަގުބޮޑުކޮށް ސޮއިކުރުވީ މެންޗެސްޓާ ޔުނައިޓެޑުން 96 މިލިއަން ޑޮލަރަށް ގަތް ލެސްޓާ ސިޓީގެ ޑިފެންޑަރު ހެރީ މެގުއާ އެވެ.

ސްޕެނިޝް ލަ ލީގާގެ ކްލަބްތަކުން 1.5 ބިލިއަން ޑޮލަރު ހަރަދުކުރިއިރު އެއް ކުޅުންތެރިޔަކަށް އެންމެ ބޮޑު ހޭދައެއްކުރީ އެތުލެޓިކޯ މެޑްރިޑުންނެވެ. އެއީ ޕޯޗުގަލްގެ ބެންފީކާގެ ތަރި ޔޮއާއޯ ފެލިކްސް ގަތުމަށް ހޭދަކުރި 136 މިލިއަން ޑޮލަރެވެ. މީގެ އިތުރުން އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރިޒްމަން ގަންނަން ބާސެލޯނާ އިން 130 މިލިއަން ޑޮލަރުހަރަދުކުރިއިރު ޗެލްސީގެ އެޑެން ހަޒާޑް ގަންނަން ރެއާލް މެޑްރިޑުން 108 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

އިޓާލިއަން ސެރިއޭ އިން 1.2 ބިލިއަން ޑޮލަރު ހަރަދުކުރިއިރު އިންޓަ މިލާނުން ވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ރޮމެލޫ ލުކާކޫ ގަންނަން 89 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. ޖަރުމަން ބުންޑަސް ލީގާ އިން ހަރަދުކުރީ 811 މިލިއަން ޑޮލަރެވެ. ރެކޯޑް ކުޅުންތެރިޔަކީ އެތުލެޓިކޯ މެޑްރިޑުން ބަޔާން މިއުނިކަށް 82 މިލިއަން ޑޮލަރަށް ގަތް ލޫކަސް ހެނާންޑޭޒް އެވެ. ފްރެންޗް ލީގުގެ ކްލަބްތަކުގެ ހަރަދު އަރަނީ 732 މިލިއަން ޑޮލަރެއވެ. އެ ލީގުގެ ރެކޯޑް ޓްރާންސްފާ އަކީ ސެވިއްޔާގެ ވިސާމް ބެން ޔެޑާ ގަތުމަށް މޮނާކޯ އިން ހޭދަކުރި 43 މިލިއަން ޑޮލަރެވެ.