27 ސެޕްޓެމްބަރ 2019
ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ އިން ފެށިގެން ނިއު އެޑިޝަނުން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ އިން ފެށިގެން ނިއު އެޑިޝަނުން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ނިއު އެޑިޝަނުން މި އަހަރުގެ ޕްރޮމޯޝަންގައި ދަރިވަރުންގެ ފަރާތުން ޓީޗަރުންނަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް 500ރ. ވައުޗާއެއް ލިބޭނެ އެވެ. މި ވައުޗާ ގަންނަ ފަރާތްތަކަށް ނޯޓް ބްރޭންޑުގެ ފޭސް ޓު ފޭސް ކިޓެއްގެ އިތުރުން ނޯޓުގެ ގިފްޓް ހޭމްޕާއެއް ލިބޭނެ ކަމަށް ނިއު އެޑިޝަނުން ބުންޏެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 1 އޮކްޓޯބަރުގެ ނިޔަލަށެވެ.
ނިއު އެޑިޝަންގެ ޗީފް މާކެޓިން އޮފިސާ އިބްރާހިމް އަޒްމީ ވިދާޅުވީ ޓިޗަރުންނަށް ދަރިވަރުންގެ ފަރާތުން ދޭ މި ވައުޗާތަކުގައި ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ލިޔެފައިވާ މެސެޖްތައް ހުންނާނެ ކަމަށެވެ.
ނިއު އެޑިޝަނުން ބަޔަކު ވިޔަފާރި ކުރަނީ-- ފޮޓޯ: ނިއު އެޑިޝަން
ޓީޗަރުންނަށް ހާއްސަކޮށްފައިވާ ވައުޗާތަކުގެ އިތުރުން ފިހާރަ އިން ލިބެން ހުންނަ ތަކެތިން ވެސް ޑިސްކައުންޓް ލިބޭނެ ކަމަށް އަޒްމީ ވިދާޅުވި އެވެ. އެގޮތުން ނީނާ ބްރޭންޑުގެ ފައިވާން 195ރ. ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ފައިވާން އާންމުކޮށް ލިބެން ހުންނާނީ 295ރ. އަށެވެ.
މީގެ އިތުރުން ވައުޗާ ބޭނުންކޮށްގެން ބައެއް ފިހާރަތަކުން ގަންނަ ތަކެތިން ޑިސްކައުންޓް ނުދިން ނަމަވެސް ނިއު އެޑިޝަނުގެ މިފަހަރުގެ ޕްރޮމޯޝަނުގައި ވައުޗާތަކަށް ވެސް ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ނިއު އެޑިޝަންއަކީ ދެ ޖިންސުގެ މީހުންނާ ގުޅޭ ތަފާތު އެކި ސާމާނު ވިއްކާ ފިހާރައެކެވެ. މީގެ ތެރޭގައި ފިރިހެނުންނަށް ހާއްސަ ސެންޓާއި ފައިވާން އަދި ރީތިވާ ސާމާނުގެ އިތުރުން އަންހެނުންނަށް ހާއްސަ ސެންޓާއި ފައިވާނާއި މޭކަޕް އަދި ރީތިވާ ސާމާނު ހިމެނެ އެވެ.
ނިއު އެޑިޝަނުން އަންނަނީ ކޮންމެ އަހަރެއްގެ ޓީޗަރުންގެ ދުވަހާ ގުޅިގެން މިފަދަ ތަފާތު ޕްރޮމޯޝަންތައް ބާއްވަމުންނެވެ.
ޕްލާޒާއިން އަހުމަދު އަލް މަގްރިބީ ބްރޭންޑް ރާއްޖެއަށް
ކޮސްމެޓިކް ބްރޭންޑު "ފްލޯމާ"ގެ ފިހާރައެއް ހުޅުވައިފި
ބިޔޯންޑުން "ޒާރާ"ގެ ހޯލްސޭލް ޕްރޮމޯޝަނެއް ފަށައިފި
ޑައިމޯގެ "މޯބައިލް ލޭބަލާ" އިން ބޮޑު ޑިސްކައުންޓެއް
މިއަދުގެ ތާރީހާ ގުޅުވައިގެން ރަންފައުނުގެ ސޭލެއް
ޔޫރަޕްގެ "ސެނެބެއްލާ" ބޮޑީ މިސްޓް ރާއްޖެއަށް
ތައިލެންޑުގެ މަގުބޫލު ރޫމް ސްޕްރޭ ބިޔޯންޑުން ވިއްކަނީ
"އެލްމާސް" އާއި "ޝާޕީ" ބްރޭންޑް ރާއްޖެ އަށް
ސޯފާ އާއި ކާޕެޓް ބާވިޔަސް އެއްލައިލާކަށް ނުޖެހޭނެ
"މޮލިންޑޯ"ޕޭސްޓްރީ، ބިޔޯންޑް ޓްރޭޑިން އިން ރާއްޖެއަށް