01 އޮކްޓޯބަރ 2019
މެދުތެރޭ އެފްރިކާގެ ގައުމެއް ކަމަށްވާ އިކުއެޓޯރިއަލް ގިނީގެ ނައިބް ރައީސް ޓިއޮޑޯރޯ އެންގްއެމާ އޯބިއަންގް މެންގީ ނާޖާއީޒު ގޮތުގައި ހޯދާފައިވާ އެއްޗެހީގެ ތެރޭގައި ހިމެނޭ އަގުބޮޑު ކާރު ކަލެކްޝެނެއްގައި ހިމެނޭ ކާރުތަކެއް ނީލަމެއްގައި އާދީއްތަ ދުވަހު ވިއްކާލައިފި އެވެ.
މެދުތެރޭ އެފްރިކާގެ ގައުމެއް ކަމަށްވާ އިކުއެޓޯރިއަލް ގިނީގެ ނައިބް ރައީސް ޓިއޮޑޯރޯ އެންގްއެމާ އޯބިއަންގް މެންގީ ނާޖާއީޒު ގޮތުގައި ހޯދާފައިވާ އެއްޗެހީގެ ތެރޭގައި ހިމެނޭ އަގުބޮޑު ކާރު ކަލެކްޝެނެއްގައި ހިމެނޭ ކާރުތަކެއް ނީލަމެއްގައި އާދީއްތަ ދުވަހު ވިއްކާލައިފި އެވެ.
ސްވިޓްޒަލެންޑްގައި ކުރިއަށް ގެންދިޔަ މި ނީލަން އިންތިޒާމުކުރީ ލަންޑަނުގެ އޮކްޝަން ހައުސް ބޮންހެމްސްއިންނެވެ. އެތަނުން ވަނީ ޓިއޮޑޯރޯގެ 25 އުޅަނދެއް ވިއްކާލައިފަ އެވެ. މި ތަކެއްޗަކީ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތެރެއިން އޭނާ ހޯދާފައިވާ ތަކެތި ކަމަށް 2016 ޖެނީވާގައި ހިންގި ތަހުގީގެއްގައި ސާބިތުވެ، ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި އެއްޗިއްސެވެ.
މީޑިއާތަކުން ބުނިގޮތުގައި ވިއްކައިލި ކާރުތަކުގެ ތެރޭގައި 1963 ގައި އުފެއްދި އިޓަލީގެ ކާރު ކުންފުނި ލަމްބޯގިނީ އަށް 50 އަހަރު ފުރުމާ ދިމާކޮށް ލިމިޓެޑް އެޑިޝަނެއްގެ ނެރުނު 9 ކާރުގެ ތެރޭގައި ހިމެނޭ ލެމްބޯގިނީ ވެވީނޯއެއް ވެސް ހިމެނެ އެވެ. އެ ކާރު ނީލަމުގައި ވިއްކައިލީ 8.3 މިލިއަން ޑޮލަރަށެވެ. އެ ގަނެފައިވަނީ 5.1 މިލިއަން ޑޮލަރަށެވެ.
ވިއްކައިލި ކާރުތަކުގެ ތެރޭގައި 2.2 މިލިއަން ޑޮލަރަށް ވިއްކައިލި ލިމިޓެޑް އެޑިޝަންގެ ލަފެރާރީއަކާއި 4.6 މިލިއަން ޑޮލަރަށް ވިއްކައިލި ކަނިޗެގް ވަން:1 އަކާއި 1.1 މިލިއަން ޑޮލަރަށް ވިއްކައިލި މެކްލެރެން ޕީ1 އަކާއި 1.5 މިލިއަން ޑޮލަރަށް ވިއްކައިލި މާޓިން ވަން-77 އަކާއި 1.3 މިލިއަން ޑޮލަރަށް ވިއްކައިލި ބުގާޓީ ވޭރޯންއެއް ވެސް ހިމެނެ އެވެ.
ބޮމްހޭމްސް އިން ބުނީ ކާރުތައް ވިއްކައިލީ ޖެނީވާގެ ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށުން ކަމަށާއި އެ ތަކެތި ވިއްކައިގެން ލިބުނު ފައިސާ ދާނީ ޗެރިޓީތަކަށް ކަމަށެވެ.
އިކްޓޯރިއަލް ގިނީގެ ނައިބް ރައީސްގެ މަގާމު ޓިއޮޑޯރޯ، 51، ފުރުއްވަމުން ގެންދަވަނީ 2012 އިން ފެށިގެންނެވެ. އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ އެކިއެކި މައްސަލަތައް ދުނިޔޭގެ އެކި ގައުމުތަކުން ބަލާފައިވެ އެވެ. އޭގެ ތެރޭގައި ފްރާންސާއި އެމެރިކާ އަދި ބްރެޒިލް ހިމެނެ އެވެ.
އެގޮތުން 2017 ގައި ފްރާންސުން ވަނީ އަގުބޮޑު ގަނޑުވަރަކާއި ޕްރައިވެޓް ޖެޓާއި ލަގްޒަރީ އެތައް ކާރެއް ގައުމުން ލޫޓްވާފައިވާ ފައިސާ އިން ގަނެފައިވާ ކަމަށް ބުނާ މައްސަލައެއްގައި ޓިއޮޑޯރޯގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.
ރަޝިއާގެ އެންމެ ބޮޑު ޖަވާހިރު 19 މިލިއަނަށް
މެރަޑޯނާ ދުއްވި ކާރެއް ނީލަންކިޔަނީ
ފިޔާތޮށި ޖަވާހިރެއް ރިކޯޑް އަގަކަށް ވިއްކާލައިފި
އެހެން ޒޯނުތަކަށް ހާއްސަކުރި ޕާކިންގައި 250 ވެހިކަލް
ތަށީގެ ފޭވަރިޓް އިންގްލެންޑް ސެމީގެ ޖާގަ ހޯދައިފި
ޖަރުމަނުން އެއްވަނަ ގެންގޮސްފި، ހެންގޭރީ އިންތިޒާރުގައި
ސްކޮޓްލެންޑާ ޖެހި ސްވިޒަލެންޑަށް އިންތިޒާރު ދިގުވެއްޖެ
ކާރު އެމްވީއިން ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް
މުއްދަތަށް ކާރުތައް ނުގެނައުމުން ބަދަލު ދޭންޖެހިއްޖެ
އާޓިފިޝަލް ވިނައިގައި ކުޅެންޖެހޭތީ ގާޑިއޯލާ ފާޑުކިިޔައިފި