Roadha Mihaaru
މެރަޑޯނާ ދުއްވި ކާރެއް ނީލަންކިޔަނީ

މެރަޑޯނާ ދުއްވި ކާރެއް ނީލަންކިޔަނީ

05 މާޗް 2021

މިދިޔަ އަހަރުގެ ފަހުކޮޅު ހާޓްއެޓޭކެއް ޖެހިގެން މަރުވި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މެރަޑޯނާގެ ކާރެއް ނީލަމެއްގައި ވިއްކާލަން ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ ފަހުކޮޅު ހާޓްއެޓޭކެއް ޖެހިގެން މަރުވި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މެރަޑޯނާގެ ކާރެއް ނީލަމެއްގައި ވިއްކާލަން ހުޅުވާލައިފި އެވެ.

އޭނާގެ ކެރިއަރުގެ ރަންދުވަސްވަރުގެ ތެރޭގައި ބޭނުންކުރި ސިލްވަ ޕޯޝް 911 ވިއްކާލަން ނިންމާފައި ވަނީ 180،000-240،000 ޑޮލަރާ ދެމެދުގެ އަގަކަށެވެ. އެ ކާރަކީ މެރަޑޯނާގެ ސްޕެއިންގެ ސެވިއާ އަށް 1992 ގައި ކުޅުނު ދުވަސްވަރު ގެންގުޅުނު ކާރެކެވެ. އޭނާ 1993 ގައި ޓީމު ދޫކޮށްލުމުންމި ކާރުގެ މިލްކުވެރިޔަކީ އެންޖެލާ ބާޓެލް އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިން ތެރޭގައި ހިމެނޭ މެރަޑޯނާ އުމުރުން 60 އަހަރުގައި މަރުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އޭނާ ބޭނުންކުރި ކާރެއް ނީލަމެއްގައި ވިއްކާލަނީ މި މަހުގެ 3-10 އަށް ފްރާންސް ޕެރިހުގެ ބޮހަމްސް އޮކްޝަންސްއިންނެވެ. އެތަނުން ބުނެފައިވާ ގޮތުގައި އެ ކާރަކީ ގަޑިއަކު 260 ކިލޯމީޓަރަށް ދުއްވޭ ކާރެކެވެ.

ބޮހަމްސްގެ ޔޫރަޕިއަން އޮކްޝަން މެނޭޖަރު ޕޯލް ޑާވިލް ވިދާޅުވީ މެރަޑޯނާގެ ކާރެއް ވިއްކައިލުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މިއީ ނުވަދިހައިގެ އަހަރުތައް ހަނދާންކޮށް ދޭނެ ވަރަށް ގިނަ ހިތްގައިމު ރީތި ކާރެއް. ވަރަށް ބޮޑު އުންމީދެއް އެބައޮތް ފުޓްބޯޅަ ލޯބިކުރާ ވަރަށް ބަޔަކު މި ކާރަށް ޝައުގުވެރިކަން ފާޅުކުރާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.

ނީލަމުގައި ކާރު ވިއްކައިލުމުގެ ކުރިން ބެލްޖިއަމްގައި މިދިޔަ މަހު ކާރު އާންމުކޮށް ދައްކާލާފައި ވެސް ވެ އެވެ.